ބޭންކްތަކުން ކުރިމަތިކުރުވާ ދަތިތައް ނައްތާލައި ލިމިޓްތައް ނައްތާލާނެ ކަމަށް ގައުމީ ކެންޑިޑޭޓް އޮންރަބަލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގައުމީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިފަދައިން ވިދާޅުވީ އދ.މަންދުއަށް ވަޑައިގަތް ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
ގާސިމް މާންދުއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުންވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
ގައުމީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މަންދޫގެ ރައްޔިތުންނާއި މުހާތަބްކުރައްވާ އެމަނިކުފާނު ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ ރައީސްކަމުން ފެށިގެން ރައްޔިތުންނަށް ހެޔޮބަދަލުތަކެއް ގެނެސްދެއްވުމަށް ކުރެއްވި މަސައްކަތުގައި ކުރިމަތިވި ދަތިއުނދަގޫ ހާލަތުތައް މަންދޫގެ ރައްޔިތުންނާއި ހިއްސާކުރެއްވިއެވެ.
އަދި އިސްލާހީ މަސައްކަތުގައި އެމަނިކުފާނާއެކު ބައިވެރިވި ބައެއް ބޭފުޅުން މިއަދު ދުނިޔެ ދޫކުރައްވާފައިވާތީ އެބޭފުޅުންނަށް ހެޔޮ ރަޙްމަތްލެއްވުންއެދި ދުއާ ކުރެއްވިއެވެ. ގާސިމް ވިދާޅުވީ އިސްލާހީ މަސައްކަތުން ގެނައި ބަދަލުތައް މިހާރުނެތި ދިއުމުގެ ބިރުކުރިމަތިވެފައިވާ ކަމަށާއި ހައްގުތައް ކަށަވަރުކޮށް އިސްލާހީ ހެޔޮބަދަލުތަކަށް އަލުން މަސައްކަތް ފަށަންޖެހިފައިވާ ކަމަށާއި ވެރިންގެ ހުދުމުހުތާރު ކަމުން ސަލާމަތް ވުމަށް ރައްޔިތުން ސަމާލުވާންޖެހޭ ކަމަށެވެ.
ގާސިމް ވިދާޅުވީ ބޭންކްތަކުގެ ހިދްމަތް ހޯދުމުގައި މިއަދު ކުރިމަތިކޮށްފައިވާ ދަތިތައް އެމަނިކުފާނުގެ ވެރިކަމެއްގައި ނައްތާލާނެ ކަމަށާއި އެކިގޮތްގޮތުން ކުރިމަތިކޮށްފައިވާ ލިމިޓްތައް ނައްތާލާނެ ކަމަށެވެ. ވިޔަފާރިތަކާއި އަމިއްލަ ފަރާތްތަކުގައި އަމިއްލަ ފައިސާ ހިފަހައްޓާ ބޭންކުތަކުން ކުރިމަތިކުރުވާ ދަތިނައްތާލައި ހިދްމަތްތައް ފަސޭހަ ނިޒާމެއް ގާއިމްކުރާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
މަންދޫގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ދިވެހިރާއްޖޭގެ ވެރިކަންތައް ހަރާބުވެގެންދިޔަހެން ހަރާބު ނުވާނެ ވެރިޔަކު ވެރިކަމަށް ގެންނަންޖެހޭ ކަމަށާއި އެފަދަ ވެރިއަކަށް ހުރީ ގާސިމް އިބްރާހިމް ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ ގާސިމްއަކީ ޓޯޓަލް ސޮލިއުޝަން، ހުރިހާ ކަމެއްގެ ހައްލު ކަމަށެވެ.
ބޭންކްތަކުން ކުރިމަތިކުރުވާ ދަތިތައް ނައްތާލައި ލިމިޓްތައް ނައްތާލާނަށް: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ