އައްޑޫ ފޭދޫ ސްކޫލަށް 50 އަހަރު ފުރުމުގެ މުނާސަބާގައި ބާއްވާ “ރަން 50” މިއަދު ހަވީރު ފޭދޫ ސްކޫލުގެ ގޯލްޑެން ޖުބުލީ ފާހަގަކުރުމަށް ‘ރަން50’ ގެނަމުގައި ދުވުމެއް ބާއްވަނީ ފޭދޫ ސްކޫލުގައި ކެންޓީނު ހިންގާނެ ފަރާތެއް ހޯދަނީ އިނޮވޭޝަން ކޮންފަރަންސްގެ ފަޚުރުވެރި 2

އައްޑޫ ސިޓީ ފޭދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން އައު ސްކޫލް އިމާރާތް އެޅުމަށް މީގެ ކުރިން ކުރި އިއުލާން އިސްލާހުކޮށް އަލުން އިއުލާންކޮށްފިއެވެ.
ފޭދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން އައު ސްކޫލެއް އެޅުމަށް ބޭނުންވާ ބިން އެޑިއުކޭޝަން މިނިސްޓްރީއާއި ހަވާލުކޮށްފައިވަނީ އެ ސްކޫލަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަންޔޫބިލް ހަފްލާގެ ތެރެއިންނެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ މި ސްކޫލުގެ އިމާރާތް އެޅުމުގެ މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް ފަސްސަތޭކަ ރުފިޔާ ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ހުށަހަޅަންޖެހޭނެކަމަށެވެ. މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި ފަސް ލައްކަ ރުފިޔާ ހުށަހަޅަންޖެހޭއިރު ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.
މި މަސައްކަތުގެ ބިޑުތައް ހުޅުވުން އޮންނާނީ 31 އޮގަސްޓު 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.
ފޭދޫ ސްކޫލްގެ އައު ޢިމާރާތް އެޅުމަށް ބިން ދީފައިވަނީ، އެރަށުގެ ހިއްކާފައިވާ ސަރަޙައްދުންނެވެ. ފޭދޫގެ އައު ސްކޫލް ޢިމާރާތްކުރުމަށާއި،އެ ސްކޫލްގެ އުމްރާނީ މަސައްކަތަށް ބޭނުންވާ ފައިސާ ވަނީ މިއަހަރުގެ ބަޖެޓުގައި ހިމަނާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ