ޝަހީދު ހުސެއިން އާދަމްގެ ބައްޕަ ނިޔާވެއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ޝަހީދުވި، ޝަހީދު ހުސެއިން އާދަމްގެ ބައްޕަ އާދަމް ނިޔާވެއްޖެއެވެ.
މައުލޫމާތުލިބިފައިވާ ގޮތުގައި އާދަމް ނިޔާވީ މުސްކުޅި ބަލީގައި ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. އޭނާ ނިޔާވިއިރު އުމުރަކީ 89 އަހަރެވެ.
އާދަމް ނިޔާވިއިރު އޭނާގެ އަންބަކާއި ހަ ދަރިން ދުނިޔޭގައި އެބަތިއްބެވެ.
އުމުރުން އެންމެ 21 އަހަރުގައި ކުޅުދުއްފުށީ މާވާގޭ ހުސެން އާދަމް ޝަހީދުވީ 3 ނޮވެމްބަރު 1988 ގައި މާލެއަށް ދިން އުދުވާނީ ހަމަލާގައި ސިފައިންގެ މައި މަރުކަޒުގެ އައްޑަނައަކަށް ވެވަޑައިގެން ހުންނަވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ