ޝަހީދު ހުސެން އާދަމްގެ ބައްޕަ އަވަހާރަވެއްޖެ

ނޮވެމްބަރު 3، 1988 ވަނަ އަހަރު ރާއްޖެއަށް ދިން ޓެރަރިސްޓު ހަމަލާގައި ޝަހީދުވި، ހުސެން އާދަމްގެ ބައްޕަ، އާދަމް މުހައްމަދު މިއަދު އަވަހާރަވެއްޖެ އެވެ.
ވީ ކިހިނެއް؟- ކުޅުދުއްފުށީ ކައުންސިލުން ޔަގީންކޮށްދިން ގޮތުގައި އާދަމް މުހައްމަދު އަވަހާރަވީ، ގިނަ ދުވަސްތަކެއް ވާންދެން ބަލިވެ އުޅުއްވުމަށް ފަހު މިއަދުގެ ވަގުތެއްގަ އެވެ.
ތަމަޅަ ސިފައިން ހަމަލާތައް ދިން އިރު، ސިފައިންގެ ދޮރުފާރަވެރިއަކަށް ހުރި ޒުވާން ހުސެން އާދަމްގެ އިތުރުން، އާދަމްގެ ދެމަފިރިންނަށް 13 ކުދިން ލިބިވަޑައިގެންނެވި އެވެ. އޭގެ ތެރެއިން މިހާރު ދުނިޔޭގައި ތިބީ ހަ ކުދިންނެވެ. އެއީ ފަސް އަންހެނުންނާއި ފިރިހެނެކެވެ.
ޝަހީދު ހުސެން އާދަމްއަކީ އެ ދެމަފިރިންގެ ދޮއްޓަށް ހުރި ހަތަރު ވަނަ ދަރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ