އަލީ އާރިފާއި: ގާސިމް ތިޔަ ހެދީ ހުތްފެލި ލުބޯހުތް ކިބަޔަކަށް

ޖުމްހޫރީ ޕާޓީ ހިސޯރުކޮށްގެން ނެތް މޮޅު ހޯދައިގެން ގަތްވަޅަށް އަލީ އާރިފު ދާން ތައްޔާރު ވެއްޖެއެވެ. 2019 ވަނަ އަހަރުގެ އޮކްޓޫބަރ މަހު ޖުމްހޫރީގެ ސެކެރެޓަރީ ޖެނެރަލްކަން އަލީ އާރިފް ހޯދިއެވެ. 
އަލީ އާރިފް ޖުމްހޫރީއާއަ ގުޅި މުޅި ޕާޓީގެ އިދާރީ ހިންގުމާ ހިސޯރު ކުރީ ޖުމްހޫރީ ޕާޓީއާއި އެ ޕާޓީގެ ސިޔާސީ ފިކުރު ގަބޫލުކޮށްގެން ނޫނެވެ. އަލީ އާރިފް ޖުމްހޫރީއާ ގުޅުމުގެ ފަހަތުގައި ފޮރުވިފައިވާ ތިން ސަބަބެއް އޮތެވެ.
ރައީސް ޔާމީނު ސަރުކާރުގައި އަލީ އާރިފާއި ޔާމީނުގެ އަރިސް މަޖިލިސް މެންބަރެކެވެ. ޔާމީނު ވެރިކަމުގައި ހިންގި ގިނަ ޖަރީމާ ތަކުގައި އަމަލީ ގޮތުން ބައިވެރިވި ބައިވެރިއެކެވެ. ޔާމީނުގެ ވެރިކަން ނިމި މަޖިލީހަށް އިންތިހާބު ނުވުމުން ސަރުކާރު ކޯލިޝަނުގެ އެންމެ ބާރުގަދަ އެއްޕާޓްނަރ ގެ ހިމާޔަތް ހޯދީ ޝަރީއަތްތަކާ ތަހުގީގުތަކުން މިންޖުވުމުގެ ބޭނުމުގައެވެ. 
ގާސިމް އިބްރާހިމްގެ ސިޔާސީ ބާރު ކަނޑުވާލާ މަގުމަތި ކޮށްލުމުގައި ޔާމީނުގެ އެޖެންޑާ ހިންގާ ދިނުމަކީވެސް އޭނާ ޖުމްހޫރީ ހިސޯރު ކުރި އެއްސަބަބެވެ. ޔާމީނުގެ އެތައް ބަޔަކު ކައުންސިލަށް ވައްދާ ޕާޓީގެ ކައުންސިލްގެ މެޖޯރިޓީ ގާސިމުގެ ވިސްނުމާ ދެކޮޅު ބަޔަކަށް ފުރޮޅާލި ނިކަން ހޭލާ ހުރެއެވެ. 
ޔާމީނު ސަރުކާރު ވެއްޓުމުން ބޮޑު މުސާރަޔާ އިނާޔަތް ހޯދައިގެން ފުއްޕާފާ އުޅުމުގެ ފުރުސަތު ހޯދުމަކީ ވެސް ޖުމްހޫރީ ޕާޓީގެ އެސްޖީކަން އޭނާ ހޯދި އެއް ސަބަބެވެ. އިންތިހާބުގައި ހުތުރު ބައްޔަކުން ގާސިމް ބަލޮށްލާ ގާސިމްގައިގާ ކޮޅުގައިން ޖަހާ ރޭވިފަ އޮތް ގޮތައް ފެން އޮތް ތަނަށް ދެމިގަންނަނީއެވެ. 
ސަރުކާރުތައް އުފެއްދުމަށް ޒަމާނުއްސުރެ ގާސިމަށް އޮތް ބާރު ކަނޑުވާލާ އަލީ އާރިފް އިސްވެހުރެ ޖޭޕީން ގެންގުޅުނު ކެހިވެރި ސިޔާސަތުންނެވެ. ޔާމީނުގެ ވެރިކަން ނިމުމުން ސަލާމާތްވާން ޖުމްހޫރީގެ މިވަރަށް ވަނތް ބައިގަނޑު މުއިއްޒުގެ ފަހަތަށް އެކިހާލަނީއެވެ.
ޕީއެންސީ ކެންޑިޑޭޓް މުއިއްޒަކީ ޖޭޕީގެ ސެކެރެޓަރީ ޖެނެރަލް އަލީ އާރިފާއި ޖޭޕީގެ ނައިބު ލީޑަރު އިގުބާލު އާދަމުގެ ބޮޑުބޭބެގެ ދަރިފުޅެވެ. ޔާމީނަށް ވުރެވެސް ގާތް އަހެކެވެ.. މިވަރު މީހަކު ގާސިމަށް ކޮމެ ފަދަ ކެއްސެއް ވެސް ދީފާނެއެވެ. އެއީ އަޖައިބެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ