އެޕަލް ވޮޗް އަލްޓްރާގެ ޚާއްސަ ވޮޗް ފޭސް އާދައިގެ ގަޑިތަކަށް
އެޕަލް ވޮޗް އަލްޓްރާގެ ހާއްސަ ވޮޗް ފޭސް, 'ވޮޗްއޯއެސް 27' އާއެކު އާދައިގެ ގަޑިތަކަށް ވެސް ލިބޭނެކަމަށް ރިޕޯޓްތައް ބުނެފިއެވެ. އެޕަލް ވޮޗްގެ އާދައިގެ މޮޑެލްތަކަށް، އެޕަލް ވޮޗް އަލްޓްރާގެ "މޮޑިއުލާ އަލްޓްރާ" ވޮޗް ފޭސް އިންސްޕަޔާވެގެން ތައްޔާރުކޮށްފައިވާ މި ފީޗާ ތައާރަފުކުރުމަށް އެޕަލްއިން ތައްޔާރުވަމުންދާއިރު، މި ބަދަލަކީ އެޕަލް ވޮޗްގެ އާދައިގެ މޮޑެލްތަކުގެ ފެންނަ ފެނުމާއި ސިފަ އަލްޓްރާ މޮޑެލްއާ ވައްތަރުކޮށްލުމަށް ގެންނަ ބަދަލެއް ކަމަށް ބެލެވެއެވެ. މި އާ ވޮޗް ފޭސް ފެނިގެންދާނީ އަންނަ ޖޫން މަހު ބާއްވާ ޑަބްލިއުޑަބްލިއުޑީސީ 2026 ކޮންފަރެންސްގައި ދައްކާލާނެ "ވޮޗްއޯއެސް 27" އަޕްޑޭޓުންނެވެ. މާކް ގާމަންގެ "ޕަވާ އޮން" ނިއުސްލެޓާގައި ބުނެފައިވާ ގޮތުގައި، އެޕަލްއިން މިހާރު ޓެސްޓު ކުރަމުންދަނީ "މޮޑިއުލާ އަލްޓްރާ" ގެ ސިމްޕްލިފައިޑް ނުވަތަ ސާދާ ވާޝަނެކެވެ. މި ވޮޗް ފޭސްގެ މަތީ ދެބައިކުޅަ އެއްބައިގައި ބޮޑު ގަޑިއެއް ހުންނައިރު، އޭގެ ތިރީގައި ތިން ކުދި 'ކޮމްޕްލިކޭޝަންސް' ނުވަތަ އެކި މައުލޫމާތުތައް ފެންނަ އައިކަންތައްތަކެއް ހިމެނޭނެއެވެ. "ވޮޗްއޯއެސް 27" އަށް ކޯޑު ނަމެއްގެ ގޮތުގައި ބޭނުންކުރަނީ "އޯކިޑް" --- އަލްޓްރާ ގަޑީގައި ހިމެނޭ މި ވޮޗް ފޭސްގައި ގިނަ މައުލޫމާތުތަކެއް ހިމެނުނު ނަމަވެސް، އާދައިގެ ގަޑިތަކުގެ ސްކްރީން ކުޑަވުމުން އެއާ އެއްގޮތަށް ބައެއް ބަދަލުތައް ގެންނާނެ ކަމަށް ބެލެވެއެވެ. އެގޮތުން މެދުގައި އިންނަ ބޮޑު ކޮމްޕްލިކޭޝަނާއި، ގަޑީގެ އަރިމަތިން ފެންނަ ބައެއް ތަފްސީލުތައް އުނިކޮށް، ވޮޗް ފޭސް ފެންނާނީ މާ ބޮޑަށް ސާފުކޮށް ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއީ ކުދި ސްކްރީންތަކުގައި ބޭނުންކުރަން ފަސޭހަވާނެހެން އެޕަލްއިން ގެންނަ ބަދަލެކެވެ. މީގެ އިތުރުން، މި މަހުގެ ފަހުކޮޅު ނެރޭނެ ކަމަށް ބެލެވޭ "ވޮޗްއޯއެސް 26.5" އަޕްޑޭޓާއެކު "ޕްރައިޑް ލޫމިނަންސް" ނަމަކަށް ކިޔާ އާ ވޮޗް ފޭސް އެއް ތައާރަފުކުރާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ. މިއީ އެޕަލްއިން ކޮންމެ އަހަރަކުވެސް ނެރޭ 'ޕްރައިޑް-ތީމް' ވޮޗް ފޭސްގެ މިއަހަރުގެ ވާޝަނެވެ. އެތެރޭގެ މަސްދަރުތަކުން ބުނާ ގޮތުގައި "ވޮޗްއޯއެސް 27" އަށް ކޯޑު ނަމެއްގެ ގޮތުގައި ބޭނުންކުރަނީ "އޯކިޑް" އެވެ. މި އަޕްޑޭޓް ރަސްމީކޮށް ދައްކާލާނީ ޖޫން މަހުގެ 8 އިން 12 އަށް ބާއްވާ އެޕަލްގެ އަހަރީ ޑިވެލޮޕަރުންގެ ކޮންފަރެންސްގައެވެ. މި ކޮންފަރެންސްގައި އައިއޯއެސް އަދި މެކްއޯއެސް ފަދަ އެޕަލްގެ އެހެނިހެން ސޮފްޓްވެއާ ޕްލެޓްފޯމްތަކަށް ގެންނަ އާ ބަދަލުތައްވެސް ހާމަކުރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ