ސީއެސްސީގެ މެންބަރު ކަމަށް ޝަހީދު އައްޔަންކޮށްފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރު ކަމަށް މަޖިލީހުން ފާސްކުރެއްވި، ގއ. ވިލިނގިލި ވައިޖެހޭގޭ، ޝަހީދު މުޙައްމަދު، އެ ކޮމިޝަންގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ޢައްޔަން ކުރައްވައިފިއެވެ.
ޝަހީދު މުޙައްމަދަށް ކޮމިޝަންގެ މެންބަރުކަމުގެ ލިޔުން ޙަވާލު ‏‏ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ‏
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ