ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ފޮރުވައިގެން ކަނޑުމަގުން ރާއްޖެއަށް 40 ކިލޯގެ ޑްރަގް އެތެރެކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ހއ. ހޯރަފުށި، އާފިޔާ، އަހްމަދު އަލީ، 47، އާއި ގދ. ތިނަދޫ، ގޯލްޑަންހައުސް، މުހައްމަދު އާދިލް، 57، އެވެ.
އެ ދެ މީހުންގެ ބަންދަށް ވެސް ފަސް ދުވަސް ވަނީ ޖަހައިފަ އެވެ.
ޗޮކްލެޓް ސިރަޕް ފުޅިތަކުގައި ބަންދުކޮށްގެން ރާއްޖެއަށް އެތެރެކުރީ ހަޝިޝް އޮއިލް އެވެ. އެ ތަކެތީގެ މަގުމަތީ އަގު 30 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމުން ބުންޏެވެ.
މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
40 ކިލޯގެ ޑްރަގް އެތެރެކުރަން އުޅުނު މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި 40 ކިލޯގެ ޑްރަގް އެތެރެކުރަން އުޅުނު މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ