އެއް ކޮޓަރީގެ ފްލެޓު ދޫކޮށްލުމުން އެހެން ފްލެޓަކަށް ކުރިމަތިލެވޭ ގޮތަށް އުސޫލު ބަދަލުކޮށް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓު ދޫކުރުމުގެ އުސޫލު އަލުން ގެޒެޓުކޮށްފި އެވެ.
ވީ ކިހިނެެއް؟ - ހައުސިން މިނިސްޓްރީން ރޭ ގެޒެޓުކުރި އުސޫލުގައި ބުނާ ގޮތުން، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމަކުން އެއް ކޮޓަރީގެ ފްލެޓެއް ލިބި، އޭނާގެ 18 އަހަރުން ދަށުގެ ކުދިން ތިބި ނަމަ އެތަނެއް ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ ދަށުން ދޫކޮށްލާ ނަމަ އަލުން ފްލެޓަށް ކުރިމަތިލެވޭނެ އެވެ.
ތަފްސީލް - މީގެ އިތުރުން ދެ ކޮޓަރީގެ ހައުސިން ޔުނިޓެއް ލިބި، 18 އަހަރުން ދަށުގެ ދެ ޖިންސުގެ ދަރިން ތިބި ނަމަ، އެތަނެއް ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ދޫކޮށްލަން އެއްބަސްވާ ނަމަ ވެސް އަލުން ފްލެޓަށް ކުރިމަތިލެވޭ ގޮތަށް އުސޫލު ވަނީ ބަދަލުކޮށްފަ އެވެ.
މި ބަދަލު ގެނައީ ރައީސް މުހައްމަދު މުއިއްޒު މި ފަހުން މާލޭ އަވަށުތަކުގެ ރައްޔިތުންނާ އެކު ބޭއްވެވި ސިލްސިލާ ބައްދަލުވުންތަކުގައި، އެއް ކޮޓަރީގެ ފްލެޓް ލިބިފައި ތިބި މީހުންނަށް އިތުރު ހައުސިން ސްކީމަކަށް ކުރިމަތިނުލެވޭތީ ނުވަތަ ޝަރުތު ހަމަނުވާތީ އެ މީހުންގެ ކަންބޮޑުވުންތައް ރައީސްއާ ހިއްސާކޮށްފައިވަނިކޮށެވެ.
މީގެ އިތުރުން، ހިޔާ ފްލެޓު ލިބުނު މީހުންގެ ތެރެއިން ބައެއް މީހުން ވެސް ވަނީ ދެ ކޮޓަރީގެ އެޕާޓުމެންޓް ދޫކޮށްލާ ނަމަ، ބޯހިޔާވަހިކަމުގެ އެހެން ސްކީމަކަށް ކުރިމަތިލެވޭ ގޮތަށް އުސޫލު ބަދަލުކޮށްދެއްވަން ރައީސް އަރިހުން އެދިފަ އެވެ.
ރައީސް ވަނީ ރައްޔިތުންގެ އެ ހިޔާލާ އެއްގޮތަށް ބަދަލު ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
1 ކޮޓަރީގެ ފްލެޓު ދޫކޮށްލުމުން އިތުރު ފްލެޓަށް ކުރިމަތިލެވޭ ގޮތަށް އުސޫލު ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ