ދައުލަތުގެ ކުންްފުނިތަކުގެ ކަންކަން ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސްގެ މަގާމުން މުހައްމަދު އަނަސް އިސްތިއުފާ ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - ޕީސީބީން މިރޭ ބުނީ އަނަސްގެ އިސްތިއުފާ ރައީސް މުހައްމަދު މުއިއްޒު ގަބޫލުކުރައްވާފައިވާ ކަމަށެވެ. އަނަސް ޕީސީބީގެ ރައީސަކަށް އައްޔަނު ކުރެއްވީ މިދިޔަ އަހަރުގެ މާޗު މަހު އެވެ.
އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރެ އެވެ.
ތަފްސީލް - އަނަސް އިސްތިއުފާ ދެއްވުމުން ޕީސީބީގެ ރައީސްގެ މަގާމަށް މުހައްމަދު ނިޒާރު، މއ. ޔެލޯބޯލް، އައްޔަންކުރައްވާފައިވާ ކަމަށް ވެސް ބުންޏެވެ.
ނިޒާރު ވަނީ މީގެ ކުރިން 2014 އިން 2019 އަށް ޕީސީބީގެ ރައީސްކަން ކުރައްވައިފަ އެވެ.
އޭނާ ވަނީ ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން އެމްބީއޭ ހާސިލްކުރައްވައިފަ އެވެ.
ބައިނަލްއަގުވާމީ ވިޔަފާރި، ކޯޕަރޭޓް މެނޭޖްމަންޓް އަދި ދައުލަތުގެ އިދާރާތައް ހިންގުމުގެ ދާއިރާއިން 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވޭ
ދައުލަތުގެ ކުންފުނިތައް ކޯޕަރަޓައިޒް ކުރުމާއި އެ ކުންފުނިތަކުގެ ހިންގުން މޮނިޓާކޮށް ބެލެހެއްޓުމުގެ ފަންނީ މާހިރެއް
އެސްޓީއޯގައި 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކުރެއްވި
މޯލްޑިވް ގޭސްގެ ބޯޑު މެންބަރުކަން ކުރެއްވި
ރިސްކް މެނޭޖްމަންޓް، ޕްރޮކިއުމަންޓް، އަދި ކޯޕަރޭޓް ގަވަނަންސްއާ ގުޅޭ ގައުމީ ފެންވަރުގެ އެކި ކޮމިޓީތަކުގައި ވެސް މަސައްކަތް ކުރެއްވި
ޕީސީބީގެ ރައީސް އަނަސް އިސްތިއުފާދެއްވުމުން އެ މަގާމަށް ނިޒާރު އައްޔަން ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ