ބ. ކެންދޫގައި ފެނަކައިން ޤާއިމްކުރި އައު އިންޖީނުގެ އާއި ފެނަކަ އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ.
އެކަމަށްޓަކައި އެރަށުގައި ބޭއްވުނު ރަސްމިއްޔާތުގައި އައު އިންޖީނުގެ އާއި އޮފީސް ހުޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ، މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙެވެ.
ކެންދޫގައި އަލަށް ޤާއިމްކުރެވުނު މި އިންޖީނުގޭގެ މަސައްކަތް 2021 ވަނަ އަހަރު ޙަވާލުކުރެވުނީ އަމިއްލަ ފަރާތަކާއެވެ. ނަމަވެސް ދިމާވި ބައެއް ގޮންޖެހުންތަކާއެކު މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، 2024 ވަނަ އަހަރުގެ އޮކްޓޫބަރު ބަހު އަލުން މަސައްކަތް ފަށައި، ނުނިމި ހުރި މަސައްކަތްކޮށް ނިންމާފައިވަނީ ފެނަކައިގެ ފަރާތުންނެވެ.
އަލަށް ހުޅުވުނު އޮފީސް އިމާރާތަކީ، ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ، ޖާގަ ތަނަވަސް އިމާރާތެކެވެ. މިއާއެކު ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގައި ލުއި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް ފެނަކައިން ބުނެއެވެ.
އަލަށް ހުޅުވާ، ޚިދުމަތަށް ގެނެވުނު އިންޖީނުގެއަކީ، ޖާގަ ތަނަވަސްކޮށް، 4 ބެޑާއެކު ޖުމްލަ 1200 ކިލޯވޯޓުގެ ކެޕޭސިޓީގައި ޚިދުމަތް ދެވޭ ގޮތަށް ޤާއިމްކުރެވުނު އިންޖީނުގެއެކެވެ. އިންޖީނުގޭގައި, 600ކވގެ މުޅިން އައު އިންޖީނެއް ވަނީ ބަހައްޓާފއެވެ. އަދި މިއާއެކު ކަރަންޓު ދެވޭ ކެޕޭސިޓިވަނީ އިތުރު ކުރެވިފައެވެ. މި އަދަދު އިތުރު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރަންމުން އަންނަ ކަމަށް ފެނަކައިން ބުނެއެވެ.
މީގެ ކުރިން އެރަށުގައި ހިންގަމުން ދިޔަ އިންޖީނުގެއިން ކަރަންޓު ފޯރުކޮށްދެވޭ އެންމެ މަތީ ކެޕޭސިޓީއަކީ 380ކިލޯވޯޓެވެ.
ބ.ކެންދޫ އައު އިންޖީނުގެ އާއި އޮފީސް އިމާރާތް ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ