ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަނުން ބަންގްލަދޭޝްގެ ދާކާއަށް މިއަދު ދަތުރުތައް ފަށައިފިއެވެ.
މޯލްޑިވިއަނުން ބަންގްލަދެޝްއަށް ސީދާ ދަތުރުތައް މިއަދު ފެށިއިރު، މިއަދު ރާއްޖެއައި ދަތުރުވެރިންނަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ވަނީ މަރުހަބާ ކިޔާފައެވެ.
މޯލްޑިވިއަނުން ބުނީ ޑާކާއަށް ދަތުރުތައް ކުރާނީ ކޮންމެ ހަފްތާއެއްގެ އާދިއްތަ އަދި ބްރާސްފަތިދުވަހު ކަމަށެވެ. މި ދަތުރުގެ ޓިކެޓްގެ އަގަކަށް 399 ޑޮލަރު ކަނޑައެޅިފައިވާއިރު، ބެގޭޖް އެލަވަންސްގެ ގޮުގައި 30 ކިލޯ ލިބެއެވެ.
މޯލްޑިވިއަނުން މީގެ ކުރިންވެސް ވަނީ ބަންގްލަދޭޝްއަށް އުދުހުންތައް ބާއްވާފައެވެ. މޯލްޑިވިއަނުން ބަންގްލަދޭޝްއަށް ކުރަމުން އައި ދަތުރުތައް ހުއްޓާލާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހު ހިސާބުގައެވެ. މައިގަނޑު ސަބަބަކީ އެޤައުމުގައި އުފެދުނު ހަމަނުޖެހުންތަކުގެ ސަބަބުންނެވެ. އޭރު މޯލްޑިވިއަނުން ދިޔައީ ކޮންމެ ހަފްތާއަކު ޑާކާއަށް ދަތުރުތައް ބާއްވަމުންނެވެ.
ދިވެހިރާއްޖެއަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ ގިނަ އަދަދެއްގެ މަސައްކަތްތެރިން އުޅޭ ޤައުމެކެވެ. އެހެންކަމުން ދެ ޤައުމުގެ ދެމެދު އެކަށީގެންވާ ރަނގަޅު ޑިމާންޑެއް އޮންނަކަން މޯލްޑިވިއަނުން ފާހަގަކުރެއެވެ.
މޯލްޑވިއަނުން ބަންގްލަދޭޝްއަށް ދަތުރުތައް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ