ޔޫއޭއީގައި ތިބި ދިވެހިން ބޭރަށް ނުކުމެ އުޅުމުގައި ސަމާލުވާން އެދިއްޖެ

އެމެރިކާއިން އިޒްރޭލް ގުޅިގެން އިރާނަށް މިއަދު ދޭން ފެށި ހަމަލާތަކާ ގުޅިގެން، ރައްދުގައި މެދިއިރުމަތީގެ އެކި ގައުމުތަކަށް އިރާނުން ހަމަލާތައް ދެމުންދާތީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ދިރިއުޅޭ ދިވެހިން ބޭރަށް ނުކުމެ ނޫޅުމަށް އިލްތިމާސްކޮށްފި އެވެ.އީރާނުން ރައްދު ހަމަލާ ދިން ގައުމުތަކުގެ ތެރޭގައި އެމެރިކާގެ ވައިގެ މަރުކަޒުތައް ހުންނަ ގައުމުތައް ކަމަށްވާ, ޔޫއޭއީ އާއި ސައޫދީ އަރަބިއްޔާގެ އިތުރުން ގަތަރާއި ބަހްރެއިން ވެސް ހިމެނެއެވެ. މިއީ ދިވެހީން އާއްމުކޮށް ގޮސް އުޅޭ, އަދި ދިރިވެސް އުޅޭ ގައުމުތަކެވެ. ފޮރިން މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި، ޔޫއޭއީގައި 300އެއްހާ ދިވެހިން ދިރިއުޅެ އެވެ.ޔޫއޭއީގައި ދިރިއުޅޭ ދިވެހިން ތިބޭ ވަޓްސްއެޕް ގްރޫޕަށް، އެ ގައުމުގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މުޅި ސަރަހައްދުން ވައިގެ މަގުން ބޮމުގެ ހަމަލާތަކުގެ ރިޕޯޓް ލިބެމުންދާ ކަމަށެވެ.އޭގެ ތެރޭގައި ޔޫއޭއީ ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ ކޮންމެހެން ކުރަން ޖެހޭ ދަތުރެއްގައި ނޫނީ ދަތުރުނުކުރުމަށާއި ބޭރުގައި ނޫޅުމަށް އޭނާ އިލްތިމާސްކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ