<article> ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ނިޔަލަށް ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ގައުމީ ދަފްތަރުގައި 15،059 މީހުން ވަނީ ރަޖިސްޓްރީކޮށްފަ އެވެ. މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން އެންމެ ގިނައީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ.
މި ދަފްތަރުގައި ހިމެނޭ މީހުންގެ ޖިންސަށް ބަލާއިރު، އަންހެނުންނަށް ވުރެ ގިނައީ ފިރިހެނުންނެވެ. އެގޮތުން 8،736 ފިރިހެނުންނާއި 6،323 އަންހެނުން ދަފްތަރުގައި ހިމެނެ އެވެ. އުމުރުފުރާތަކަށް ބަލާއިރު އެންމެ ގިނަ މީހުން ރަޖިސްޓްރީވެފައި ވަނީ އުމުރުން 18 އަހަރާއި 64 އަހަރާ ދެމެދުގެ ގިންތިންނެވެ. އެއީ 7،653 މީހުންނެވެ. މީގެ އިތުރުން 18 އަހަރުން ދަށުގެ 5،099 ކުދިންނާއި 65 އަހަރުން މަތީގެ 2،307 މީހުން މި ލިސްޓުގައި ހިމެނެ އެވެ.
ނުކުޅެދުންތެރިކަން ބަހާލެވިފައިވާ އަށް ބައިގެ ތެރެއިން އެންމެ ގިނަ މީހުން ތިބީ ޖިސްމާނީ ނުކުޅެދުންތެރިކަމުގެ ބައިގަ އެވެ. އެއީ 4،223 މީހުންނެވެ. ދެވަނައަށް އެންމެ ގިނައީ އެއް ނުކުޅެދުންތެރިކަމަށް ވުރެ ގިނަ ނުކުޅެދުންތެރިކަން ހުންނަ ނުވަތަ މަލްޓިޕަލް ޑިސްއެބިލިޓީ ހުންނަ މީހުންނެވެ. އެ ބައިގައި 3،396 މީހުން ތިބިއިރު، ނަފްސާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ 2،116 މީހުންނާއި ސިކުނޑީގެ އުނިކަމެއް ހުންނަ 1،871 މީހުން ވެސް މި ލިސްޓުގައި ހިމެނެ އެވެ.
މީގެ އިތުރުން ވާހަކަ ދެއްކުމާއި އަޑުއިވުމުން މަހުރޫމްވެފައިވާ 1،791 މީހުންނާއި ލޮލުގެ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ 1،018 މީހުން ތިބިއިރު، އޯޓިޒަމް ހުންނަ 588 މީހުންނާއި އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ 56 މީހުން ވެސް ވަނީ ރަޖިސްޓްރީކޮށްފަ އެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދެމުން އަންނަ އިނާޔަތް 2011 ވަނަ އަހަރު ތައާރަފުކުރިއިރު، 2023 ވަނަ އަހަރު ސަރުކާރުން ވަނީ އެ އިނާޔަތް 3،000 ރުފިޔާއަށް ބޮޑުކޮށްފަ އެވެ. އަދި މިހާރު ސަރުކާރުން އަންނަނީ ދަފްތަރުގައި ތިބި ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މައުލޫމާތު އެއްކޮށް، ޑޭޓާބޭސްއެއް އެކުލަވާލުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
ކުޑަކުޑަ ޔަނާލްގެ ވޭންތަކަށް ލުޔެއް ހޯދުމަށް، މަންމަ އެދެނީ އެހީއެއް! ޒަޢީމާ އަށް ފަރުވާ ލިބެން އޮތީ އިންޑިއާ އިން، ފައިސާގެ އިތުރު އެހީއަށް ބޭނުންވޭ! ނުކުޅުދެންތުރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް ބޮޑުކޮށްފި އައްޑޫ ސިޓީ ހިތަދޫގެ، ނުކުޅެދުންތެރިކަން ހ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ