މައުމޫން ފައުންޑޭޝަންގެ ސްކޮލަޝިޕްގެ ދަށުން ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގައި ކިޔެވުމުގެ ފުރުޞަތު އައިޝަތު އީނާސް އަށް ލިބިއްޖެ އެވެ.
އޭނައާ ސްކޮލަޝިޕް ހަވާލުކޮށް ދެއްވީ އެމްއެންޔޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ ފައުންޑޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލެއް ކަމަށްވާ ދުންޔާ މައުމޫނެވެ.
އެމްއެންޔޫގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގައި މާސްޓަ އޮފް އެޑިޔުކޭޝަން ކޯހުގައި ކިޔަވާ ދަރިވަރުންނަށް ހުޅުވާލި ސްކޮލަޝިޕް މި ޕްރޮގްރާމަށް ހަ ދަރިވަރުން ކުރިމަތިލި އެވެ.
މި ސްކޮލަޝިޕަކީ ތައުލީމީ ދާއިރާއިން ރަނގަޅު ނަތީޖާ ހޯދާ އަދި އިސްނެގުމުގެ ހުނަރު ހުރި ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން އެ ފައުންޑޭޝަނުން ދޭ ފުރުސަތެކެވެ.
މައުމޫން ފައުންޑޭޝަނުން އަންނަނީ ތައުލީމަށް ޚާއްޞަ ސްކޮލަޝިޕް ޕްރޮގްރާމެއް ހިންގަމުންނެވެ.
މައުމޫން ފައުންޑޭޝަންގެ ސްކޮލަޝިޕް އީނާސް އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ