ދިރާގުގެ ހިދުމަތްތައް ދޭ އާ ޕާޓްނާ ފިހާރައެއް ހުޅުމާލެ ފޭސް 1ގައި ހުޅުވައިފި

ދިރާގުގެ ހިދުމަތްތައް ފޯރުކޮށްދޭ އާ ޕާޓްނާ ފިހާރައެއް ހުޅުމާލެ ފޭސް 1ގައި ހުޅުވައިފި އެވެ.
ވީ ކިހިނެއް؟ - ހުވަނދުމާ ހިނގުމުގައި ހުންނަ މޯލްޑިވްސް ސާވިސް ފިހާރައިން ދިރާގުގެ ހިދުމަތްތައް މިހާރު ލިބޭނެ އެވެ.
ތަފްސީލް - މި ޕާޓްނާ ފިހާރަ މެދުވެރިކޮށް ލިބޭ ދިރާގުގެ ހިދުމަތްތަކަކީ:
ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ހިދުމަތްތަކަށް ފައިސާ ދެއްކުން
ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ބްލޭންކް ސިމް ކާޑުގެ ހިދުމަތް ނެގުން
ޕްރީޕެއިޑް ރީޗާޖުކުރުން
ޑޭޓާ އެޑް-އޮން ސަބްސްކްރިޕްޝަންތައް ނެގުން
ގުޅުން ހުރި - މި ފިހާރަ ހުޅުވުމާ އެކު ދިރާގުން ވަނީ ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށާފަ އެވެ.
މި މަހު 26ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން، އެ ފިހާރައިން ހިދުމަތްތައް ހޯދާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ސެމްސަން ގެލެކްސީ ބަޑްސް3 ޕްރޯއެއް ދޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ