ޚިދުމަތް ޖަމިއްޔާގެ މި އަހަރުގެ އިފްތާރު ޕްރޮގްރާމް ރާއްޖެ ހިމެނޭހެން 11 ގައުމެއްގައި
ޚިދުމަތް" ޖަމިއްޔާއިން ރަމަޟާން މަހު ކުރިއަށްގެންދާ ޚާއްސަ ޕްރޮގްރާމްތަކުގެ ތެރެއިން މިއަހަރު ވެސް ވަރަށް ބޮޑު އިފްތާރު ޕްރިގްރާމެއް ފަށައިފިއެވެ. އެ ޖަމިއްޔާއިން މިއަހަރު ވަނީ "އުފަލާއެކު 2026" ގެ ނަމުގައި ބޮޑު އިފްތާރު ކެމްޕެއިނެއް ފަށާފައެވެ. ޚިދުމަތް ޖަމިއްޔާއިން ބުނި ގޮތުގައި، ކޮންމެ އަހަރެއްގެ ރަމަޟާން މަހު ވެސް ކުރިއަށްގެންދާ މި އިފްތާރު ޕްރޮގްރާމް މިއަހަރު ވަނީ ކުރިއަށްވުރެ ބޮޑަށް ފުޅާކޮށްފައެވެ. އެގޮތުން ދިވެހިރާއްޖެ ހިމެނޭހެން 11 ޤައުމެއްގައި މި ޕްރޮގްރާމް ކުރިއަށްދާނެއެވެ. ޚިދުމަތް ޖަމިއްޔާގެ މި އަހަރުގެ އިފްތާރު ޕްރޮގްރާމްގެ ތެރެއިން -- ފޮޓޯ: ޚިދުމަތް ޖަމިއްޔާ މީގެ ތެރޭގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ޣައްޒާ، ޔަމަން، ސީރިއާ، އަފްޣާނިސްތާންގެ އިތުރުން ޓެންޒޭނިއާ، ޕާކިސްތާން، ސްރީލަންކާ އަދި ބަންގްލަދޭޝް ފަދަ ޤައުމުތައް ހިމެނެއެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށާއި، ފުދުންތެރިކަން ކުޑަ އާއިލާތަކަށް ރޯދަވީއްލުމުގެ އިންތިޒާމު ހަމަޖައްސައިދިނުމެވެ. މި ޕްރޮގްރާމުގެ ދަށުން އެކި ޤައުމުތަކުގައި ތިބި ފަޤީރު އާއިލާތަކަށް އިފްތާރު ޕެކްތައް ހަދިޔާކުރެވޭނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. ޚިދުމަތް ޖަމިއްޔާއިން ކުރިއަށްގެންދާ މި އިޖުތިމާޢީ މަސައްކަތްތަކުގެ ސަބަބުން އެތައް ހާސް ބަޔަކަށް ރޯދަވީއްލުން ލިބޭނެއެވެ. ޚިދުމަތް ޖަމިއްޔާގެ މި އަހަރުގެ އިފްތާރު ޕްރޮގްރާމްގެ ތެރެއިން ޕެކްތަކެއް -- ފޮޓޯ: ޚިދުމަތް ޖަމިއްޔާ މިއަހަރުގެ ރަމަޟާން މަހުގެ އިފްތާރު ޕެކްތައް ސްޕޮންސަރުކުރުމާއި، މި ފަންޑަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ޚިދުމަތް ޖަމިއްޔާއިން މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ. މި ހަރަކާތުގައި ބައިވެރިވުމަކީ މުޖުތަމަޢުގެ ފުދުންތެރިކަން ކުޑަ ފަރާތްތަކަށް އެހީތެރިވުމަށް ލިބޭ ރަނގަޅު ފުރުސަތެއްކަން އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ