ރާއްޖޭގައި ރެފްރީންގެ އާ ޖީލެއް އުފެއްދުމުގެ މަގުސަދުގައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ޒުވާނުންނަށް ރެފްރީސް ކޯހެއް އިއުލާނުކޮށްފި އެވެ.
ކޯސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 19-28 އަށެވެ. މި ކޯހުގައި އެންމެ އިސްކޮށް ކިޔަވައިދިނުމާއި އެހެނިހެން ކަންކަމުގައި ހަރަކާތްތެރިވާނީ، ކުރިން، އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، އޭއެފްސީ ރެފްރީސް ޑިޕާޓްމެންޓްގައި ގިނަ އަހަރުތަކެއް މަސައްކަތްކުރެއްވި، އަދި އެފްއޭއެމްގެ ވެސް ރެފްރީސް ޑިޕާޓްމަންޓްގެ ކަންކަމާ ހަވާލުވެ ހުންނެވި، މުހައްމަދު އަމީޒު އެވެ.
އެ ގޮތުން، އެފްއޭއެމް އިން އިސްނަގައިގެން، ޒުވާން ރެފްރީންގެ ބެޗެއް އުފެއްދުމަށްޓަކައި، ހިންގަން އިއުލާން ކޮށްފައިވާ ކޯސް ހާއްސަކޮށްފައި އޮތީ، އުމުރުން 16 އަހަރުން ފެށިގެން 25 އަހަރުގެ ޒުވާނުންނަށެވެ. މަގުސަދަކީ، ޒުވާން އުމުރުގައި ރެފްރީކަމުގެ ތެރެއަށް ނެރެ ރަނގަޅު ކެރިއަރެއް ބިނާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
މާލޭގައި ހިންގާ މި ކޯހަށް ކުރިމަތިލުމުގެ ފުރުސަތު އެފްއޭއެމް އިން ހުޅުވާލައިފައި އޮތީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އަދި، މި ފަހި ފުރުސަތުގެ ބޭނުންހިފައި، ކޯހަށް ކުރިމަތިލުުމުގެ އިންތިޒާމް އޮންލައިން ފޯމެއް ފުރައިގެން ކުރިއަށްގެންދިއުމަށް ވެސް އެފްއޭއެމް އިން ވަނީ ހަމަޖައްސަައިދީފަ އެވެ. އެފްއޭއެމް އިން ބުނީ، މި ކޯހަކީ ވަކި ޖިންސަކަށް ހާއްސަކުރެވިފައި އޮތް ކޯހެއް ނޫން ކަމަށެވެ.
ޒުވާން އުމުރުގައި، ރެފްރީ އަކަށް ވުމުގެ އުންމީދުުގައި، ތިބި ކުދިންނަށް، މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ދޭން ނިންމާފައިވަނީ، އުމުރުން 18 އަހަރުން ދަށުގެ ކުއްޖެއްނަމަ، ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން ހުށަހަޅުމުންނެވެ. ކޯހުގައި ބައިވެރިވުމަށް އޮންލައިން ފޯމު ފުރިހަމަކުރުމަށްފަހު ފޯމް އީމެއިލް ކުރުމަށް އެފްއޭއެމް އިން ދީފައިވާ އީމެއިލް އަކީ [email protected] އެވެ.
ކޯހަށް ކުރިމަތިލުމުގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ، އިނގިރޭސި ބަހުން މުއާމަލާތް ކުރަން އެނގުމާއި، ގްރޭޑް 7 އިން ފާސްވެފައިވުން، 16 އަހަރާއި 25 އަހަރާ ދެމެދުގެ އުމުރުގެ ޒުވާނަކަށްވުމާ އެކު، ޕޮލިސް ރިޕޯޓެއް ހުށަހެޅުމަށް ވަނީ އަންގައިފަ އެވެ.
އެފްއޭއެމުން މައުލޫމާތު ދޭ ގޮތުގައި، ކުރިއަށް އޮތް އަހަރުތަކަކީ އެފްއޭއެމްގެ ގިނަ މުބާރާތްތަކެއް ބާއްވާ އަހަރުތަކަކަށްވާތީވެ، މި ބާއްވާ ކޯހުން ތަމްރީނުވާ ރެފްރީންނަށް އެ އެސޯސިއޭޝަނުން ބާއްވާ އެކިއެކި މުބާރާތްތަކުގައި އިންސާފުކުރުމުގެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ.
ޒުވާން ރެފްރީންނަށް އެފްއޭއެމްގެ މުބާރާތްތަކުން މިހާރު ވެސް އަންނަނީ ފުރުސަތު ދެމުންނެވެ.
ކޯހުގައި ބައިވެރިވުމުގެ ފޯމް ލިންކް
16-25 އަހަރުގެ ޒުވާނުންނަށް ރެފްރީންނަށް ވުމުގެ ރަނުގެ ފުރުސަތު 16-25 އަހަރުގެ ޒުވާނުންނަށް ރެފްރީންނަށް ވުމުގެ ރަނުގެ ފުރުސަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ