ވެނެޒުއޭލާގެ ރައީސް މަޑޫރޯ އެމެރިކާއިން ހައްޔަރުކޮށް، އެ ގައުމުން ގެންގޮސްފި ވެނެޒުއޭލާގެ ރައީސް މަޑޫރޯ އެމެރިކާއިން ހައްޔަރުކޮށް، އެ ގައުމުން ގެންގޮސްފި

ވެނެޒުއޭލާއަށް އެމެރިކާ ސިފައިން އަރައިގަނެ އެ ގައުމުގެ ރައީސް ނިކޮލަސް މަޑޫރޯ ބެލުމުގެ ދަށަށް ގެނެސް، ވެނެޒުއޭލާއިން ނެރެގެން މިއަދު ގެންގޮސްފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ މަޑޫރޯއާ ދެކޮޅަށް ވެނެޒުއޭލާގައި ހިންގި އޮޕަރޭޝަން ކާމިޔާބުކޮށް، މަޑޫރޯގެ އިތުރުން އޭނާގެ އަނބިކަނބަލުން އެމެރިކާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އޮޕަރޭޝަންގެ ތެރެއިން އެމެރިކާގެ ބެލުމުގެ ދަށަށް ގެނައި މަޑޫރޯ އާއި އޭނާގެ އަނބިކަނބަލުން ވެނެޒުއޭލާއިން އެ ގައުމުން ބޭރުކޮށްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އެކަމަކު މަޑޫރޯ އާއި އޭނާގެ އަނބިކަނބަލުން ގެންދަނީ ކޮން ގައުމަކަށް ކަމެއް ޓްރަމްޕް ހާމައެއް ނުކުރައްވަ އެވެ.
ވެނެޒުއޭލާއަށް އެމެރިކާއިން ފުލުފުލުގައި ދިން ވައިގެ ހަމަލާތަކުގައި އެ ގައުމުގެ މިލިޓަރީ ސައިޓްތަކާއި އެކި ހިސާބުތަކަށް ވަނީ ގެއްލުން ލިބިފަ އެވެ.
ވެނެޒުއޭލާއިން ވަނީ އެ ގައުމަށް ދޭން ފެށި ހަމަލާތަކާއެކު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.
ޓްރަމްޕް ތުހުމަތުކުރައްވާ ގޮތުގައި މަޑޫރޯ ދަނީ މަސްތުވާތަކެތީގެ ވިޔަފާރިއަށް މަގުފަހިކޮށް އިސްކޮށް އެކަމުގެ ތެރޭގައި އުޅުއްވަމުންނެވެ. ނަމަވެސް މަޑޫރޯ ވަނީ އެކި ޕްލެޓްފޯމްތަކުގައި އެކަން ދޮގުކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ