ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ގާއިމުކުރާ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކުރުމަށް ހަރަކާތްތެރިވާ ޓްރެއިނަރުންނަށް ބާއްވާ “ޓްރެއިނިން އޮފް ޓްރެއިނާސް” (ޓީއޯޓީ) ޕްރޮގުރާމު ފަށައިފިއެވެ.
މި އަހަރުގެ އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބަށް ތައްޔާރުވުމުގެ ބާއްވާ މި ޕްރޮގްރާމު ކުރިއަށް ގެންދަނީ ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގައެވެ.
އީސީން ބުނީ މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން މި މަހުގެ 9 ވާ ހުކުރު ދުވަހުގެ ނިޔަލަށް ކަމަށެެވެ. މި ޓްރެއިނިން ޕްރޮގުރާމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 95 ޓްރެއިނަރުން ބައިވެރިވެފައިވާކަމަށް އީސީން ވަނީ ބުނެފައެވެ.
މިޓްރެއިނިން ޕްރޮގުރާމުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން ބައިވެރިވާއިރު އީސީން ބުނީ މި ޓްރެއިނިން ޕްރޮގްރާމްގެ މަގުސަދަކީ އިންތިހާބު ކުރިއަށްދާއިރު މާލެ އާއި، އަތޮޅުތަކުގައި އަދި ރާއްޖެއިން ބޭރުގައި ބެހެއްޓޭ ވޯޓުފޮށިތަކުގައި މަސައްކަތްކުރާ އޮފިޝަލުންނަށް، ގާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތިން ވޯޓުނެގުމާ، ވޯޓުގުނުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތް ކިޔައިދިނުން ކަމަށެވެ. އަދި އެފަރާތްތައް މިމަސައްކަތަށް ތައްޔާރުކުރުންކަން ފާހަގަކޮށް އީސިން ބުނީ މި ޕްރޮގްރާމުގައި އިންތިހާބުގެ ކަންކަން އަމަލީގޮތުން ހިންގުމަށް ބޭނުންވާ އިލްމީ އަދި ފަންނީ ތަމްރީނު ދޭނެކަމަށް އީސީން ވަނީ ބުނެފައެވެ.
ފާއިތުވި 6 މަސް ދުވަހު ޕީއެންސީއާއި އެމްޑީޕީ އަދި އެމްޑީއޭގެ މެންބަރުންގެ އަދަދު އިތުރުވެއްޖެ އެވިޑް ކޮލެޖުން ގަވައިދާ ހިލާފަށް ލަންކާގައި ޕްރޮގްރާމުތަކެއް ހިންގާތީ، ނަސޭހަތްދީފި ތާރީހުގައި ވެސް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި މަހަކަށް ޑިސެމްބަރު ވެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ