ރިމޭކް ފިލްމުތަކަށް ޝައުގުވެރިކަމެއް ނެތް: ސިދާތު
ރިމޭކް ފިލްމުތަކަށް އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށާއި މީގެ ފަހުން އެފަދަ ފިލްމުތަކުން ނުފެންނާނެ ކަމަށް ބޮލީވުޑްގެ އެކްޓަރު ސިދާތު ޗަތުރުވެދީ ބުނެފިއެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ސިދާތު މިގޮތަށް ބުނެފައިވަނީ ބޮޑު މަގުބޫލުކަމެއް ލިބުނު ތެލުގޫ ފިލްމު "ޑިއަ ކޮމްރެޑް"ގެ ހިންދީ ރިމޭކް އުފައްދަން އުޅޭ ކަމަށާއި އެ ފިލްމުގެ ލީޑް ތަރިންނަކީ ސިދާތު އަދި ފިލްމު "ލާޕަތާ ލޭޑީސް"ގެ ބަތަލާ ޕްރަތިބާ ރާންތާ ކަމަށް ބުނެ މީޑިއާތަކުން ޚަބަރު ފަތުރަން ފެށުމުންނެވެ. ފިލްމު "ޑިއާ ކޮމްރެޑް" އަކީ ދެކުނު އިންޑިއާގެ ފިލްމީ ތަރިން ކަމަށްވާ ވިޖޭ ދެވަރަކޮންދާއާއި ރަޝްމިކާ މަންދަންނާ ލީޑް ރޯލް ކުޅެފައިވާ ބެލުންތެރިންގެ ތަރުހީބު ވަރަށް ބޮޑަށް ހޯދި ރީތި ފިލްމެކެވެ. ފިލްމު "ލާޕަތާ ލޭޑީސް"ގެ ބަތަލާ ޕްރަތިބާ ރާންތާ--ފޮޓޯ/މިޑްޑޭ ފިލްމު "ދަޅަކް 2"ގެ އެކްޓަރު ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރި ޕޯސްޓުގައި ބުނެފައިވަނީ ފިލްމު އޮރިޖިނަލް ފިލްމު "ޑިއަ ކޮމްރެޑް"އަކީ އޭނާއަށް ވެސް ވަރަށް ކަމުދާ ފިލްމެއް ކަމަށާއި އެހެންނަމަވެސް ރިމޭކް ފިލްމަކަށް ކެރިއަރުގައި ދެން ފުރުސަތު ނެތް ކަމަށެވެ. ބަތަލާ ޕްރަތިބާއާ އެކު މަސައްކަތް ކުރުމުގެ ފުރުސަތެއް ލިބިއްޖެނަމަ އެ ފުރުސަތުގެ ބޭނުންކުރާނެ ކަމަށާއި ނަމަވެސް އެއީ އޮރިޖިނަލް ފިލްމަކަށްވާން ޖެހޭނެ ކަމަށް ސިދާތުގެ ޕޯސްޓުގައި ވަނީ ބުނެފައެވެ. ސިދާތެކޭ އެއްގޮތަށް ބަތަލާ ޕްރަތިބާ ވެސް ވަނީ އެ ފިލްމުގެ ރިމޭކްގައި މަސައްކަތް ކުރުމަށް ބުނެ ނޫސްތަކުގައި ލިޔެފައިވާ ޚަބަރުތައް ދޮގުކޮށްފައެވެ. ސިދާތު ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަންނަ މަހުގެ ލޯބިވެރިންގެ ދުވަހާ ދިމާކޮށް ރިލީޒްކުރާ ފިލްމު "ދޯ ދިވާނޭ ސެހެރް މޭ"އިންނެވެ. ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު ކުންފުނިން ގެނެސްދޭ މި ފިލްމުގައި ސިދާތުއާ އެކު ބަތަލާގެ ރޯލްއިން ފެންނާނީ މްރުނާލް ތާކުރުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ