ކަސަބްލަންކާ، މޮރޮކޯ (ޖެނުއަރީ 4) - މޮރޮކޯގައި މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ޖާގަތައް ސެނެގާލާއި މާލީން ހޯދައިފި އެވެ.
އެ ގޮތުން، ގަދަ 16 ބުރުގައި ރޭ ސެނެގާލުން ވަނީ 3-1 އިން ސޫދާން ބަލިކޮށްފަ އެވެ. އަދި، މާލީ އާއި ޓިއުނީޝިއާ ކުޅުނު މެޗު 1-1 އިން އެއްވަރުވެ، ޕެނަލްޓީގައި މާލީ މޮޅުވީ 3-2 އިންނެވެ.
ރޭގެ މެޗުގައި ސެނެގާލަށް ލަނޑުތައް ޖަހައިދިނީ ވިޔަރެއާލަށް ކުޅެމުން އަންނަ ޕާޕޭ އަލެސާނޭ ގޭއި ދެ ގޯލުގެ އިތުރުން، ޕީއެސްޖީ އަށް ކުޅެމުން އަންނަ އިބްރާހިމް އެމްބާއޭ އެވެ.
މިމެޗުގައި ސޫދާނަށް ހަ ވަނަ މިނިޓްގައި ލީޑުނަގައިދިން ލަނޑު ޖެހީ އޮސްޓްރޭލިއާގައި ކުޅޭ އަބްދުﷲ ޔޫނުސް އެވެ. ސޫދާނުން، ގަދަ 16 އަށް އައީ އެންމެ ރަނގަޅު ނަތީޖާނެރޭ ތިން ވަނަ ޓީމުތަކަށް ލިބޭ ހަތަރު ޖާގައިގެ ތެރެއިންނެވެ. ސެނެގާލް ވަނީ ވާދަކުރި ގްރޫޕްގެ އެއް ވަަނަ ހޯދައިފަ އެވެ.
ޓިއުނީޝިއާ އިން މާލީ ކޮޅަށް 88 ވަނަ މިނިޓްގައި ލީޑުނެގީ ފިރާސް ޗައުއާ ޖެހި ލަނޑުންނެވެ. އެކަމަކު، އިތުރު ވަގުތުގެ ހަ ވަަނަ މިނިޓްގައި މާލީ އަށް ލިބުނު ޕެނަލްޓީއެއް ވައްދާލައި، ލަސީން ސިނަޔޯކޯ ވަނީ މާލީ އަށް އެއްވަރުކޮށްދީފަ އެވެ. އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން ވެސް އިތުރު ލަނޑެއް ނުޖެހި، ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.
ޓިއުނީޝިއާ އަށް ފަސް ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ކާމިޔާބުކުރެވުނުއިރު، މާލީން ވަނީ ފަސް ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ވައްދާލައިފަ އެވެ.
އެފްކޮންގެ ގަދަ 16 ބުރުގައި ބާކީ ހުރި މެޗުތަކަށް ބަލާއިރު، މިސްރުން ކުޅޭނީ ބެނިންއާ އެވެ. އައިވަރީ ކޯސްޓުން ބުރްކީނާ ފާސޯއާ ކުޅޭއިރު، ދެކުނު އެފްރިކާ އިން ކެމަރޫނާ ބައްދަލުުކުރާނެ އެވެ. މުބާރާތުގެ ހޯސްޓް، މޮރޮކޯ އިން ޓެންޒާނިއާއާ ވާދަކުރާއިރު، މުބާރާތުގެ ފޭވަރިޓެއް ކަމަށްވާ އަލްޖީރިއާ އިން ކުޅޭނީ ކޮންގޯއާ އެވެ. އަދި، ނައިޖީރިއާ އިން މޮޒަމްބީކާ ބައްދަލުކުރާނެ އެވެ.
އެފްކޮން: ކުއާޓާގެ ފުރަތަމަ ޖާގަތައް ސެނެގާލް އާއި މާލީ އަށް އެފްކޮން: ކުއާޓާގެ ފުރަތަމަ ޖާގަތައް ސެނެގާލް އާއި މާލީ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ