ސަރުކާރުގެ ޓެކްސީ ލައިން ތައާރަފުކުރިޔަސް، ޓެކްސީ ދަތުރުތައް މަދެއްނުވޭ: އެސޯސިއޭޝަން
ސަރުކާރުގެ ޓެކްސީ ލައިން ނެރުނަސް، ޓެކްސީ ދަތުރުތައް މަދު ނުވާ ކަމަށް ޑްރައިވާސް އެސޯސިއޭސިއޭޝަން އޮފް މޯލްޑިވްސްއިން މިއަދު ބުނެފިއެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސަރުކާރުން ވަނީ، 'މާލެ ޓެކްސީ'ގެ ނަމުގައި ޓެކްސީ ލައިނެއް ތައާރަފުކޮށްފައެވެ. ތިމާވެއްޓާ ރައްޓެހި ކާރުތަކެއް އެ ޚިދުމަތް ދިނުމަށް ބޭނުންކުރާއިރު، މާދަމާގެ ނިޔަލަށް ޓެކްސީ ލައިންގައި ހިލޭ ދަތުރުކުރެވޭ ގޮތަށް ވަނީ ހަދާފައެވެ. އެ ކަމާ ގުޅިގެން 'ސަން'އާ ވާހަކަދައްކަވަމުން ޑްރައިވާސް އެސޯސިއޭޝަނުގެ ރައީސް އިބްރާހިމް ނިޔާޒް ވިދާޅުވީ، ބައެއް ގަޑިތަކުގައި ކުރަން ލިބޭ ދަތުރުތައް މަދުވާ ކަމަށާއި އެއީ ޓެކްސީ ލައިނާ ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ. ޓެކްސީ ލައިންގައި ބޭނުންކުރާ ކާރެއް: އެ ދަތުރުތައް ކުރިޔަސް ޓެކްސީގެ ދަތުރުތަކަށް ބަދަލެއް ނާންނަ ކަމަށް ޑްރައިވާސް އެސޯސިއޭޝަނުން ބުނޭ ---- ފޮޓޯ/އެމްޓީސީސީ ނަމަވެސް، ބޮޑު ޚަރަދެއް ކޮށްގެން ސަރުކާރުން ޓެކްސީ ޚިދުމަތް ފަށައި، ހަފުތާއެއް ވަންދެން ދަތުރުތައް ހިލޭ ކުރެވޭ ގޮތް ހަދާފައިވާތީ އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. މިގޮތުން، ގިނަ މީހުން މިހާރު ފުރަތަމަ ބަލަނީ، ސަރުކާރުގެ ޓެކްސީ ލައިނުން ދަތުރެއް ލިބޭތޯ ކަމަށާއި އަމިއްލަ ކާރުތަކުން ޓެކްސީ ދަތުރެއް ހޯދަނީ އޭގެފަހުން ކަމަށް އޭނާ ވިދާޅުވިއެވެ. އާމްދަނީ ހޯދުމަށް އަޅުގަނޑުމެން ދިރިއުޅުމަށް ކުރާ މަސައްކަތް ހީނަރުކޮށްލީ. އެހެންވީމަ މި ހަފުތާގައި [ދަތުރުތައް މަދުކަމުގެ] އިހުސާސްވޭ [ބައެއް ފަހަރު]. އެކަމަކު، ދަތުރު ހަމަ އެބަ ލިބޭޑްރައިވާސް އެސޯސިއޭޝަނުގެ ރައީސް އިބްރާހިމް ނިޔާޒް މީގެއިތުރުން، ޓެކްސީގެ ޚިދުމަތް ދިނުމަށް ސަރުކާރުން ކާރުތައް ގެނައުމުން ޓްރެފިކަށް ބާރުބޮޑުވާތީ ނިޔާޒް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ފާހަގަކުރެވޭ ގޮތުގައި، ހަފުތާއަކަށް ޓެކްސީ ލައިނުގައި ހިލޭ ދަތުރުތައް ކުރެވޭ ގޮތަށް އޮތުމުން އެމްޓީސީސީގެ ހޮޓްލައިން ނަންބަރު، 1655 އަށް ވެސް ބާރުބޮޑުވެ ނުގުޅޭ ކަމަށް ބައެއް އާންމުން އަންނަނީ ބުނަމުންނެވެ. https://sun.mv/220120 އެކަމާ ގުޅިގެން އެމްޓީސީސީން ބުނީ، ޓެކްސީ ލައިނުގެ ޚިދުމަތް ފުރަތަމަ ހަތް ދުވަހު ހިލޭ ލިބޭ ގޮތަށް ހަމަޖައްސައިފައި އޮތުމުން، ގިނަ އަދަދެއްގެ ކަސްޓަމަރުން ޚިދުމަތަށް އެދި ގުޅަމުން އަންނަ ކަމަށެވެ. ކޯލް ސެންޓަރުގެ އޭޖެންޓުން މެދުނުކެނޑި 24 ގަޑިއިރު މަސައްކަތްކުރަމުން އަންނަ ކަމަށް، އެ ކުންފުނިން ބުންޏެވެ. މި ޓެކްސީ ލައިންގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ 150 ކާރު މާލެ ގެނައީ ނިމިދިޔަ މާރިޗު މަހުގެ ފަހުކޮޅެވެ. އޭގެ ތެރޭގައި މާލޭގެ ހަނި މަގުތަކުގައި ދުއްވޭނެ ކާރުތަކުގެ އިތުރުން، މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާނެ ސައިޒުތަކުގެ ކާރުތައް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ