އުރީދޫން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް ޝާޑީ ގަވަސްމީ މިއަދު އައްޔަންކޮށްފި އެވެ.
ޓެލެކޮމިއުނިކޭޝަން، ސްޓްރެޓެޖީ އަދި ބްރޭންޑް މެނޭޖްމަންޓްގެ ދާއިރާއިން 10 އަހަރަށް ވުރެ ގިނަ ދުވަހުގެ ލީޑަޝިޕް ތަޖުރިބާ ގަވަސްމީއަށް ލިބިވަޑައިގެންފައިވެ އެވެ.
އޭނާ އުރީދޫ ގްރޫޕުގައި މަސައްކަތްކުރަން ފެއްޓެވީ 2015ގަ އެވެ. އެގޮތުން، އުރީދޫ ފަލަސްތީނުގައި:
ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމާއި ސޭލްސް ޑިރެކްޓަރުގެ މަގާމުގެ އިތުރުން ހެޑް އޮފް ބްރޭންޑް އެންޑް ކޮމިއުނިކޭޝަންސް ފަދަ އިސް މަގާމުތައް ފުރުއްވި
އެ ކުންފުނީގެ މާކެޓް ފުޅާކުރުމަށާއި އާ ޓެކްނޮލޮޖީތައް ތައާރަފުކުރުމުގެ އިތުރުން ކުންފުނި ހިންގުމުގެ ނިޒާމަށް ޒަމާނީ ބަދަލުތައް ގެނައުމުގައި ގަވަސްމީ ވަނީ އިސް ރޯލެއް އަދާކުރައްވާފައި
އޭގެ ކުރިން ގަވަސްމީ ވަނީ މެނޭޖްމަންޓް ކޮންސަލްޓިން، ބިޒްނަސް ޑިވެލޮޕްމަންޓް އަދި މާކެޓިން ކޮމިއުނިކޭޝަންސްގެ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހޯއްދަވާފަ އެވެ. އެގޮތުން، އެކި މުއައްސަސާތަކަށް ވިޔަފާރި ކުރިއެރުވުމުގެ ސްޓްރެޓެޖީތައް އެކުލަވާލެއްވުމާއި ޑިޖިޓަލް ވަސީލަތްތަކަށް ބަދަލުވުމުގައި ލަފާދެއްވުމުގެ މައްސައްކަތްތައް ކުރެއްވި އެވެ.
ތައުލީމީ ގޮތުން ގަވަސްމީ ވަނީ:
ފްރާންސުގެ އީޑީއެޗުއީސީ ބިޒްނަސް ސްކޫލުން މާކެޓިން މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރެއްވި
އެމެރިކާގެ ބްރިގަމް ޔަންގް ޔުނިވަސިޓީން މާކެޓިން ކޮމިއުނިކޭޝަންސްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލްކުރެއްވި
މީގެ ކުރިން އުރީދޫގެ ސީއީއޯއަކަށް ހުންނެވި ހާލިދު ހަސަން އަލް-ހަމާދީއަށް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ހާލިދުގެ ލީޑަޝިޕްގެ ދަށުން އުރީދޫން ހޯދި ކާމިޔާބީތަކުގެ ތެރޭގައި:
އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ފޯރުކޮށްދޭ ކަސްޓަމަ ކެއާ އެސިސްޓަންޓް 'އެވީ' ފަދަ ޒަމާނީ ޑިޖިޓަލް ވަސީލަތްތައް ތައާރަފުކުރި
މާސްޓަ ކާޑް، ޓިކްޓޮކް، ވަޓްސްއަޕް ބިޒްނަސް އަދި ވައިބަ ފަދަ ދުނިޔޭގެ ބޮޑެތި ކުންފުނިތަކާ އެކު އޮތް ގުޅުން އިތުރަށް ހަރުދަނާކުރި
މުޅި ރާއްޖެއަށް 4ޖީ+ ކަވަރޭޖް ފޯރުކޮށްދިނުމާއި އާބާދީގެ %80އަށް 5ޖީގެ ހިދުމަތް ފުޅާކުރރި
'ޕީސް' ސަބްމެރިން ކޭބަލް ގާއިމުކުރުމުގެ އިތުރުން، ޓިއާ-3 ފެންވަރުގެ އުރީދޫ މޯލްޑިވްސް ޑޭޓާ ސެންޓަރު ގާއިމުކޮށް، ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓު ހާއްސަ ކޭބަލަކާ ގުޅުވާލި
ކަނޑުއަޑީގައި ބޭއްވި އެންމެ ބޮޑު ޕެނަލް ޑިސްކަޝަން ބާއްވައިގެން ގިނިސް ވޯލްޑް ރެކޯޑު ހޯދި
ހުޅުމާލޭގައި އުރީދޫގެ އޮފީސް ހުޅުވި
މުޅި ރާއްޖެއަށް އަމާޒުކޮށްގެން ސިއްހީ ދާއިރާ އާއި އެއާ އެމްބިއުލާންސްގެ ހިދުމަތަށް އެހީތެރިކަން ފޯރުކޮށްދިން
އުރީދޫގެ ސީއީއޯއަކަށް ޝާޑީ ގަވަސްމީ އައްޔަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ