ކަރެކްޝަންސް އާއި ކަސްޓަމްސްގެ މުސާރަތައް ބޮޑުކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އާއި ކަސްޓަމްސްގެ މުވައްޒަފުންގެ މުސާރަ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބޮޑުކުރަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މުވައްޒަފުންގެ މުސާރައަށް ބަދަލު ގެންނަން ވަނީ ނިންމައިފަ އެވެ. އެގޮތުން ކަސްޓަމްސް އާއި ކަރެކްޝަންސްގެ ހުރިހާ ދާއިމީ މުވައްޒަފުންނާއި އޮފިސަރުންގެ މުސާރައަށް ބަދަލު އަންނާނެ އެވެ.
ތަފްސީލް - މި ބަދަލު ގެންނަން ނިންމާފައިވަނީ ނެޝަނަލް ޕޭ ފްރޭމްވޯކާ އެއްގޮތަށް މުވަައްޒަފުންގެ މުސާރައަށް ގެންނަ ބަދަލުތަކުގެ ދަށުންނެވެ. އެގޮތުން:
ކަރެކްޝަންސްގެ މުވައްޒަފުުންގެ މުސާރައަށް ބަދަލު ގެންނަން ނިންމާފައިވަނީ ގާތްގަނޑަކަށް 11 ވަރަކަށް އަހަރު ފަހުން
އެންމެ ފަހުން ކަރެކްޝަންސްގެ މުސާރަ ބޮޑުކުރީ 2015ގައި
ކަރެކްޝަންސްގެ މުވައްޒަފުންގެ މުސާރަ ކުޑަކަމުގެ ޝަކުވާ އަބަދު ވެސް އޮވޭ
ގުޅުން ހުރި - މިދިޔަ ނޮވެމްބަރުން ފެށިގެން ސިވިލް ސާވިސް އާއި ދައުލަތުގެ އެހެން މުވައްސަސާތަކުގެ މުސާރަތައް ވެސް ވަނީ ބޮޑުކޮށްފަ އެވެ.
މިއަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓުގައި މުސާރަ އާއި އިނާޔަތްތަކަށް 17 ބިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ