މިއުނިކް (މާޗް 17) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ދެ ވަނަ ލެގުގައި އެޓަލަންޓާއާ ދެކޮޅަށް ބަޔާން މިއުނިކުން ކުޅޭ މެޗުގައި އެ ޓީމުގެ 16 އަހަރުގެ ގޯލްކީޕަރު، ލިއޮނާޑް ޕްރެސްކޮޓް ކުޅުވުމާ މެދު ގާނޫނީ ގޮތުން ބަޔާނުން ވިސްނަން ޖެހޭ ކަމެއް ހުރި ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ބަޔާނުގެ ފުރަތަމަ ޓީމަށް ކުޅޭ ހަތަރު ކީޕަރުން ވެސް މި ވަގުތު ތިބީ އަނިޔާގަ އެވެ. އެއީ، އެއް ވަނަ ކީޕަރު، މެނުއަލް ނޯޔާގެ އިތުރުން ދެން ތިބި ތިން ކީޕަރުން ކަމަށްވާ ޖޮނަަސް އާބިގް، ސްވެން އުލްރައިޗް އަދި ލެއޯން ކްލަނަކް އެވެ.
އުމުރުން 22 އަހަރުގެ ކްލަަނަކް ވަނީ އެންމެ ފަހުން ބަޔާނުން ޖަރުމަނު ލީގުގައި ލެވަކޫސަނާ ކުޅުނު މެޗުގައި ކުޅެފަ އެވެ. އަދި، މިރޭގެ މެޗަށް އޭނާ ފިޓްވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ސީނިއާ އެއްވެސް ކީޕަރަކަށް އެޓަލަންޓާއާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވިއްޖެނަމަ، ގޯލު ބަލަހައްޓަން އަރުވަން ޖެހޭނީ މިދިޔަ މެޗުތަކުގައި ބެންޗުގައި އިން 16 އަހަރުގެ ކީޕަރު ޕްރެސްކޮޓް އެވެ. އެކަަމަކު، އެމެރިކާ ދަރިކޮޅަށް ނިސްބަތްވާ ޕްރެސްކޮޓް މެޗުގައި ބޭނުންކުރުމާ މެދު ބަޔާނުން ވިސްނަން ޖެހޭ ކަންކަން ގިނަ އެވެ.
ޖަރުމަނުގެ ޗައިލްޑް ލޭބާ ގާނޫނުގައިވާ ގޮތުން، ވަކި ވަގުތުތަކުގައި 16 އަހަރުގެ ކުދިންނަށް މަސައްކަތް ކުރުމުގައި ނޫޅެވޭނެ އެވެ.
ޗެމްޕިއަންސް ލީގުގެ ފުރަަތަމަ ލެގުގައި ބަޔާނުން 6-1 އިން އެޓަލަންޓާ ދަނޑުގައި މޮޅުވެފަ އެވެ. މިރޭ ދެ ވަނަ ލެގުގައި، ބަޔާން ދަނޑުގައި ކުޅޭ މެޗު އިތުރުގަނޑި ކުޅެން ޖެހިއްޖެނަަމަ، އެ ވަގުތުގައި ގާނޫނީ ގޮތުން ބަލާއިރު ޕްރެސްކޮޓަށް ކުޅެވޭނެ ގޮތެއް ނެތެވެ. އެއީ، ޗައިލްޑް ލޭބާ ގާނޫނު ބުނާގޮތުން، 16 އަހަރުގެ ކުދިންނަށް ރޭގަނޑު 8 ގެ ފަހުން މަސައްކަތް ނުކުރެވޭއިރު، ހާއްސަ ހުއްދައަކާ އެކު، 11 ޖަހަންދެން ހުއްދަ ދޭ އުސޫލެއް އޮވެ އެވެ. އެކަމަކު، އެޓަލަންޓާ އިން ބޮޑު ތަފާތަކުން މެޗުގެ ފުރިހަމަ ވަގުތުގެ ތެރޭގައި ބަޔާން ބަލިކޮށް އެގްރިގޭޓުން އެއްވަރުކޮށްގެން، މެޗު އިތުރު ވަގުތުގެ ދެ ހާފަށް ގެންގޮސްފިނަމަ، އެ ހިސާބުން ޕްރެސްކޮޓަށް މެޗުގައި ކުޅެވެން ނެތީ އެ ވަގުތު މެޗު ކުރިއަށްދާނީ 11 ގެ ފަހުން ކަމަށްވާތީ އެވެ.
އޭގެ އިތުރުން، އެޓަލަންޓާ މެޗުގައި ޕްރެސްކޮޓް ކުޅެފިނަަމަ، އެ މެޗަށް ފަހު، އޭނާ އަށް 14 ގަޑިއިރުގެ ރެސްޓް ޕީރިއަޑެއް ދޭން ޖެހެ އެވެ. މާނަ އަކީ، މެޗު ކުޅޭ ދުވަސް ނޫން ދެން އަންނަ ދުވަހުގައި ސްކޫލްގައި ކިޔެވުން އޮތް ކަމުގައި ވިޔަސް ދާކަށެއް ނުޖެހޭނެ އެވެ.
16 އަަހަރުގެ ގޯލްކީޕަރު ކުޅުވުމާ މެދު ބަޔާނުން ގާނޫނީ ގޮތުން ވިސްނަން ޖެހޭ 16 އަަހަރުގެ ގޯލްކީޕަރު ކުޅުވުމާ މެދު ބަޔާނުން ގާނޫނީ ގޮތުން ވިސްނަން ޖެހޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ