އިޒްރޭލާއި އެމެރިކާއިން އިރާނާ ދެކޮޅަށް ފެށި ހަނގުރާމަ ކުރިއަށްދާއިރު ވެސް ފަލަސްތީނުގެ ގާޒާއަށް ޔަހޫދީން ދޭ ހަމަލާތައް މެދުކަނޑައިނުލާ އެބަ ކުރިއަށްގެންދެ އެވެ.
ގާޒާއަށް ދިން ވަރުގަދަ ހަމަލާއެއްގައި އިޒްރޭލުން މިއަދު ވެސް ވަނީ ފަސް މީހުން މަރާލައިފަ އެވެ. ހަމަލާ ބަދަލު ކުރުން ހުއްޓާލަން އޮކްޓޯބަރު، 2025، ގައި އެއްބަސްވި ފަހުން އިޒްރޭލުން ވަނީ 658 މީހުން މަރާލައިފަ އެވެ.
އޮކްޓޯބަރު 7، 2023، ގައި އިޒްރޭލުން ފެށި ނަސްލުހޭދު ކުރުމުގައި ފަލަސްތީނުގެ 75،000 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ މަރާލައިފަ އެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނޭ ކުޑަކުދިންނާއި މުސްކުޅިންގެ އަދަދު 42،000 އަށް ވުރެ ގިނަ އެވެ.
އިޒްރޭލާއި އެމެރިކާއިން އިރާނަށް ހަމަލާ ދޭން ފެށީ ފެބްރުއަރީ 28، ގަ އެވެ. އެ ދުވަހު ދިން ހަމަލާއެއްގައި އިރާނުގެ ސުޕްރީމް ލީޑަރު އަލީ ހާމަނާއީ ވަނީ އަވަހާރަކޮށްލައިފަ އެވެ. އެމަނިކުފާނުގެ ބަދަލުގައި ސުޕްރީމް ލީޑަރުގެ މަގާމަށް އިރާނުން ވަނީ ހާމަނާއީގެ ދަރިކަލުން މުޖްތަބާ ހާމަނާއީ އައްޔަންކޮށްފަ އެވެ.
އެމެރިކާއަށް ކުރިން ބެލެވިފައި އޮތީ އެ ގައުމުން ދޭ ވަރުގަދަ ހަމަލާތަކަކަށްފަހު އިރާނުން އަމާންދޭނެ ކަމަށެވެ. އެކަމަކު، އިރާނުން ވަނީ އެމެރިކާގެ އަސްކަރިއްޔާ ހަރަކާތްތެރިވާ އަރަބި ގައުމުތަކަށް ހަމަލާދީފަ އެވެ. އެއާއެކު ތެލުގެ އަގު އުފުލި މުޅި ދުނިޔޭގެ އިގްތިސާދު ވަނީ ނުރައްކަލަކަށް ވެއްޓިފަ އެވެ.
އިރާނުން ހަމަލާދިން ގައުމުތަކުގެ ތެރޭގައި ބަހުރެއިން، އުރުދުން، ކުވެއިތު، ގަތަރު، ސައުދީ އަރަބިއްޔާ، ތުރުކީ އަދި ޔޫއޭއީ ހިމެނެ އެވެ. އެ ގައުމުތަކުގެ ތެޔޮ ރައްކާ ކުރާ ފެސިލިޓީސްތަކާއި ރިފައިނަރީސްތަކާއި އެމެރިކާގެ އަސްކަރީ ބޭސްތަކާއި އަސްކަރިއްޔާއިން ތިބޭ ހޮޓާތަކަށް އިރާނުން ވަނީ ހަމަލާ ދީފަ އެވެ.
އިރާނު ހަނގުރާމަ ކުރިއަށްދާއިރު ވެސް އިޒްރޭލުން ބަލަނީ ގާޒާއިން މީހުން މަރަން އިރާނު ހަނގުރާމަ ކުރިއަށްދާއިރު ވެސް އިޒްރޭލުން ބަލަނީ ގާޒާއިން މީހުން މަރަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ