ބެންގަލޫރު (މާޗް 14) - މި މަހު 28 ވަނަ ދުވަހު ފަށަން ނިންމާފައިވާ ދުނިޔޭގެ އެންމެ ފޯރިގަދަ ފްރެންޗައިސް ކްރިކެޓް މުބާރާތް، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ފުރަތަމަ މެޗުގައި، އެންމެ ފަހުގެ ޗެމްޕިއަން، ރޯޔަލް ޗެލެންޖާސް ބެންގަލޫރު (އާރްސީބީ) އާއި ސަންރައިޒާސް ހައިދަރުއާބާދު ބައްދަލުކުރަން ޖެހިއްޖެ އެވެ.
މިއީ، އައިޕީއެލްގެ ސީޒަން ފަށާ މެޗުގައި ބެންގަލޫރުން ޖެހިޖެހިގެން ކުޅޭ ތިން ވަނަ ސީޒަނެވެ. އައިޕީއެލްގެ 18 ސީޒަން ތެރޭ، ބެންގަލޫރުން ފުރަތަމަ ފަހަރަށް ތަށި ހޯދީ މިދިޔަ ސީޒަނުގަ އެވެ. އައިޕީއެލްގެ ތާރީހުގައި، ތަށި ދިފާއުކުރަން ފުރަތަމަ ފަހަރަށް ބެންގަލޫރުން ނުކުންނައިރު، ފުރަތަމަ މެޗު އޮތީ އަމިއްލަ ސިޓީގަ އެވެ.
އެކަމަކު، މި މެޗު ބެންގަލޫރުގެ ސްޓޭޑިއަމް، ޗިންނަސްވާމީ ސްޓޭޑިއަމްގައި ކުޅެވޭނެތޯ ޔަގީންވާނީ، ކަރްނާޓަކާގެ ސްޓޭޓް ސަރުކާރުގެ އެކްސްޕާޓް ކޮމިޓީ އަކުން ރައްކާތެރިކަމާ ގުޅޭ ކަންތައްތައް ޔަގީންކޮށް ހުއްދަ ދިނުމުންނެވެ. އެއީ، މިދިޔަ އަހަރު އާރްސީބީން ޗެމްޕިއަންކަން ހޯދައިގެން ބޭއްވި އުފާފާޅުކުރުމުގެ ތެރޭގައި، 11 މީހަކު މަރުވެފައިވާތީ، ސްޓޭޓް ސަރުކާރުން ހިންގި ތަހުގީގުތަކަށް ފަހު، ޗިންނަސްވާމީގައި ސެކިއުރިޓީ ކަންކަން ފުރިހަމަވޭތޯ ބެލުމަށްޓަކަ އެވެ.
އައިޕީއެލް އިން މި ފަހަރުގެ ޝެޑިއުލް ނެރެން ނިންމާފައިވަނީ ދެ ފޭސް އަަކަށް ބަހާލައިގެންނެވެ. އެ ގޮތުން، އެންމެ ފުރަތަމަ ފޭސްގެ މެޗުތައް އިއުލާނުކޮށްފައިވާއިރު، ދެ ވަނަ ފޭސްގެ މެޗު ޝެޑިއުލް އާންމުކުރާނީ ސްޓޭޓް ސަރުކާރުތަކުގެ އިންތިހާބާ ގުޅޭ ކަންކަން ފައިނަލް ވެގެންދިއުމުން ކަމަށް އައިޕީއެލް އިން ވަނީ ބުނެފަ އެވެ.
އައިޕީއެލް ފުރަތަމަ މެޗުގައި ބެންގަލޫރުން ކުޅޭނީ ހައިދަރުއާބާދާ ދެކޮޅަށް އައިޕީއެލް ފުރަތަމަ މެޗުގައި ބެންގަލޫރުން ކުޅޭނީ ހައިދަރުއާބާދާ ދެކޮޅަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ