މެޖޯރިޓީ ދީފިނަމަ ސަރުކާރުން ކައުންސިލްތައް އުވާލާނެ: ޣަފޫރު

އަންނަ އެޕްރީލް 4، ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ސަރުކާރު ހިންގާ ޕީއެންސީއަށް ދީފިއްޔާ ކައުންސިލްތައް ބޭނުންކޮށްގެން ހުރިހާ ކައުންސިލެއް އުވާލާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ރޭ ވިދާޅުވެއްޖެ އެވެ.އެމްޑީޕީގެ ކައުންސިލު އިންތިހާބުގެ ކެމްޕެއިން "ހޭވައްލާ ތައްޔާރު" އިފުތިތާހު ކުރުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ޣަފޫރު ވިދާޅުވީ މިއީ 64،000 ފްލެޓު އަޅާނެ ކަމުގެ ވައުދާ އެކު އައި ސަރުކާރެއް ކަމަށާއި އެކަމަކު މިހާތަނަށް އެންމެ "ގާގަނޑެއް" ވެސް ބިންމަތީގައި ބާއްވާފައި ނުވާ ކަމަށެވެ.އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ޕީއެންސީ އަށް ވޯޓު ދީފި ނަމަ، ކައުންސިލުތައް އުވާލާނެކަމުގެ ބިރު އެބަ އޮތެވެ. "ކުރަން މިއުޅެނީ ކޮން ކަމެއް؟ މި ކައުންސިލުތައް އެ ބޭފުޅުންނަށް ދީފިއްޔާ އެ ބޭފުޅުން ބޭނުންކޮށްގެން ހުރިހާ ކައުންސިލެއް އުވާލާނީ. މި ނޫން އެހެން ކަމެއް މިބޭފުޅުން ނުކުރާނެ."ޣަފޫރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް ދިނުމުން ލާމަރުކަޒީ ގާނޫނުގެ ބާރުތައް "ފުނޑާލާފައި"ވާ ކަމަށެވެ.ޕީއެންސީއަށް ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ދީފިނަމަ ރާއްޖޭގެ ހުރިހާ ކައުންސިލެއް ސަރުކާރުން އުވާލާނެ ކަމަށް ޣަފޫރު ވިދާޅުވެފައިވާއިރު، މި ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލިސް ބޭނުންކޮށްގެން ކުރިއަށް އޮތް އިންތިހާބާ ދިމާކޮށް އަތޮޅު ކައުންސިލްތައް ވެސް އުވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ