އަޑުސާފުކުރުމުގެ ގާބިލްކަން އިތުރުކޮށް ސޮނީގެ އެންމެ ފަހުގެ އިއާބަޑްސް ނެރެފި

ޖަޕާނުގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި ސޮނީއިން، އެ ކުންފުނީގެ އެންމެ ފަހުގެ ވަޔަލެސް އިއާބަޑްސް "ސޮނީ ޑަބުލިއުއެފް-1000އެކްސް އެމް6" ބުރާސްފަތި ދުވަހު ގްލޯބަލް މާކެޓަށް ނެރެފިއެވެ. މިއީ ކުރިން ނެރުނު ޑަބުލިއުއެފް-1000އެކްސް އެމް5 ގެ ފަހުގެ މޮޑެލް ކަމަށްވާއިރު، ސޮނީއިން ވަނީ މި އައު އުފެއްދުމަށް ގިނަ ކުރިއެރުންތަކެއް ގެނެސްފައެވެ. މި އައު އިއާބަޑްސްގައި ކުރީގެ މޮޑެލްއާ އަޅާބަލާއިރު ބޭރުގެ އަޑުތައް ކަނޑުވާލާ ނިޒާމު ނުވަތަ "އެކްޓިވް ނޮއިޒް ކެންސަލޭޝަން" 25 އިންސައްތަ އިތުރަށް ރަނގަޅުވާނެކަމަށް ސޮނީއިން ބުނެއެވެ. މިކަން ކުރުމަށްޓަކައި 4 މައިކްރޯފޯނާއި، އަޑުގެ ކޮލިޓީ ރަނގަޅުކުރުމަށް ޚާއްޞަ އައު ޕްރޮސެސަރުތަކެއް މީގައި ބޭނުންކޮށްފައިވާއިރު، މިއުޒިކް އަޑުއެހުމަށްޓަކައި ޑައިފްރަމް ޑިޒައިން ބަދަލުކޮށް، ބޭސް އަދި ހައި ފްރީކުއެންސީ އަޑުތައް ވަނީ ކުރިއަށްވުރެ ފުރިހަމަކޮށްފައެވެ. މީގައި ހިމެނޭ އެންމެ ޚާއްޞަ އެއް ސިފައަކީ ގޫގުލްގެ އޭއައި އެސިސްޓެންޓް "ޖެމިނައި" ސަޕޯޓްކުރުމެވެ. މީގެ ސަބަބުން ފޯނުގައި އަތްނުލައި، ވާހަކަ ދައްކައިގެން ޖެމިނައި މެދުވެރިކޮށް އެކި ކަންކަން ކުރުމުގެ ފަސޭހަ ލިބިގެންދާނެއެވެ. ހަމައެއާއެކު، ފޯނު ކޯލުތަކުގައި އަޑު ސާފުކުރުމަށްޓަކައި "އޭއައި ބީމްފޯމިން" ޓެކްނޮލޮޖީއާއި ކަށި މެދުވެރިކޮށް އަޑު ދެނެގަންނަ ސެންސަރެއް ބޭނުންކޮށްފައިވާތީ، އަޑުގަދަ ތަންތަނުގައިވެސް ސާފުކޮށް ވާހަކަދެއްކޭނެއެވެ. މި އިއާބަޑްސް ކަޅުކުލައާއި ޕްލެޓިނަމް ސިލްވާ ކުލައިން ލިބޭނެ ---- މީގެ ޑިޒައިންއަށް ބަލާއިރު، މިއީ ކަންފަތުގެ އެތެރޭގެ ހުންނަ ގޮތަށް ފަސޭހައިން ހެޔޮވަރުވާނެހެން، ކުރީގެ މޮޑެލްއަށްވުރެ 11 އިންސައްތަ ތުނިކޮށް ފަރުމާކޮށްފައިވާ އިއާބަޑްސްއެކެވެ. ކަނެކްޓިވިޓީ ރަނގަޅުކުރުމަށްޓަކައި އެންޓަނާގެ ސައިޒު ބޮޑުކޮށް، "ބްލޫޓޫތު އެލްއީ އޯޑިއޯ" އަށް މި އިއާބަޑްސް ސަޕޯޓްކުރާނެއެވެ. ބެޓެރީގެ ޤާބިލުކަމަށް ބަލާއިރު، ނޮއިޒް ކެންސަލޭޝަން ޖައްސައިގެން 8 ގަޑިއިރު އަދި އެ ނުލައި 12 ގަޑިއިރު ބޭނުންކުރެވޭނެކަމަށް ކުންފުނިން މަޢުލޫމާތު ދެއެވެ. މީގެ އިތުރުން މިއީ ފެން ވަނުމުން ނުވަތަ ދާހިއްލުމުން ރައްކާތެރިކޮށްދޭ އައިޕީއެކްސް4 ރޭޓިން ލިބިފައިވާ އުފެއްދުމެކެވެ. އެމެރިކާގެ މާކެޓުގައި މި އިއާބަޑްސްގެ އަގަކީ 329.99 ޑޮލަރެވެ. ކަޅުކުލައާއި ޕްލެޓިނަމް ސިލްވާ ކުލައިން ލިބެން ހުންނަ މި އިއާބަޑްސް، އިންޑިއާ ނުވަތަ މި ސަރަހައްދުގެ މާކެޓަށް ނެރޭނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ