ބީއެންޕީން ބަންގްލާދޭޝްގެ އިންތިހާބު ކާމިޔާބުކޮށްފި
ބަންގްލާދޭޝްގައި 2024 ވަނަ އަހަރު ކުރި ލޭ އޮހޮރުވުންތައް ބޮޑު މުޒާހަރާގައި ޝައިހް ހަސީނާގެ ވެރިކަން ވައްޓާލުމަށް ފަހު ބޭއްވި ފުރަތަމަ އިންތިހާބު، މިދިޔަ އަހަރު އަވަހާރަވި ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިއާގެ ބަންގްލާދޭޝް ނެޝަނަލް ޕާޓީ (ބީއެންޕީ) އިން ކާމިޔާބުކޮށްފި އެވެ. ބީއެންޕީއަކީ ކުރީގެ ބޮޑު ވަޒީރު ހާލިދާ ޒިއާގެ ޕާޓީއެވެ. ދާދިފަހުން ހާލިދާ އަވަހާރަވުމުން ބީއެންޕީގެ ލީޑަރުކަން ތާރިގަށް ވަނީ ލިބިފައެވެ. ތާރިގަކީ ޚާލިދާގެ ދޮށީ ދަރިކަލުންނެވެ.ބަންގްލަދޭޝްގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ގާނޫނު ހަދާ މަޖިލީހުގެ ޖުމްލަ 299 ގޮނޑީގެ ތެރެއިން ބީއެންޕީ އާއި އެ ޕާޓީގެ އިއްތިހާދުން ވަނީ 211 ގޮނޑި ކާމިޔާބުކޮށްފަ އެވެ. މިއީ އެ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެޖޯރިޓީއެކެވެ. ބީއެންޕީގެ މައިގަނޑު ވާދަވެރިޔާ ކަމަށް ބެލެވުނު ޖަމާއަތޭ އިސްލާމީ އިއްތިހާދަށް ލިބިފައިވަނީ 70 ގޮނޑިއެވެ. ބާކީ ހުރި ގޮނޑިތައް ކާމިޔާބުކޮށްފައިވަނީ މިނިވަން ކެންޑިޑޭޓުންނާއި އެހެނިހެން ކުދި ޕާޓީތަކުންނެވެ.މިއީ، 2024 ވަނަ އަހަރު ބަންގްލަދޭޝްގައި ހިނގި ދަރިވަރުންގެ މުޒާހަރާތަކާ ގުޅިގެން، ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ 15 އަހަރުވީ ވެރިކަން ނިމުމަކަށް އައި ފަހުން ބޭއްވި ފުރަތަމަ އާންމު އިންތިހާބެވެ.ޝެއިޚް ހަސީނާގެ އަވާމީ ލީގަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދީފައި ނުވާއިރު، އޭނާ މިހާރު ހުންނެވީ އަރުވާލެވިގެން އިންޑިއާގަ އެވެ.އާ ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނެ ކަމަށް ބެލެވޭ ރަހްމާން، 60، އިންތިހާބުގެ ކުރިން އޭއެފްޕީއަށް ދެއްވި އިންޓަވިއުގައި ވެސް ވަނީ ހަސީނާގެ 15 އަހަރުގެ ވެރިކަމުގައި ނިކަމެތިކޮށްލި ބީއެންޕީ، 170 މިލިއަނުގެ އާބާދީއެއް އޮތް ގައުމުގެ ވެރިކަމަށް އަލުން އަންނާނެ ކަމަށް ވަރަށް ޔަގީންކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ