އެމެރިކާ އާއި އިންޑިއާއާ ދެމެދު އުފެދިފައިވާ ވިޔަފާރީގެ ނުތަނަވަސްކަން ކުޑަކޮށް، އިގްތިސާދީ ގުޅުން ވަރުގަދަ ކުރުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި ވެވުނު އާ އެއްބަސްވުމެއްގެ ދަށުން، އިންޑިއާގެ މުދަލުން ނަގަމުންދިޔަ އިތުރު 25 އިންސައްތައިގެ ޓެރިފް މިއަދުން ފެށިގނެް ރަސްމިކޮށް އުވާލައިފިއެވެ.
މީގެ ކުރިން އިންޑިއާއިން އެމެރިކާއަށް އެތެރެކުރާ މުދަލަށް ނަގަމުން އައި ތެރިފްގެ ތެރެއަށް 25 އިންސައްތަ އިތުރުކޮށްފައިވަނީ، ރަޝިއާގެ ތެއޮ އެޤައުމަށް ގަންނަމުންދާތީއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި އިންޑިއާ އާއި އެމެރިކާ އާ ދެމެދު މިފަހުން ވެވުނު އެއްބަސްވުމުގައި، އިންޑިއާއިން ވަނީ ރަޝިއާއިން ތެޔޮ ގަތުން ހުއްޓާލުމަށް ނިންމާފައެވެ.
އެމެރިކާއިން އިންޑިއާއިން އެތެރެކުރާ މުދަލަށް 25 އިންސައްތައިގެ ޓެރިފެއް ލާފައިވަނީ މިދިޔަ އޮގަސްޓް މަހުގައެވެ. މި ފިޔަވަޅުގެ ސަބަބުން އެމެރިކާގެ ބާޒާރުގައި އިންޑިއާގެ އުފެއްދުންތަކުގެ އަގު ވަރަށް ބޮޑަށް އުފުލި، ދެ ގައުމުގެ ވިޔަފާރީގެ ގުޅުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ.
އަލަށް ވެވުނު އެއްބަސްވުމުގަ ދަށުން، އިންޑިއާއިން ވަނީ ސީދާކޮށް ނުވަތަ ނުސީދާކޮށް ރަޝިޔާގެ ތެޔޮ އެތެރެކުރުން ހުއްޓާލުމަށް އެއްބަސްވެފައެވެ. މީގެ އިތުރުން، ކުރިއަށް އޮތް ދިހަ އަހަރު ދުވަހުގެ ތެރޭގައި އެމެރިކާއާއެކު ދިފާއީ ދާއިރާއިން އޮންނަ އެއްބާރުލުން ފުޅާކުރުމަށްވެސް ވަނީ އިގުރާރުވެފައެވެ. މިއީ ދެ ގައުމުގެ ދެމެދުގައިވާ އިގްތިސާދީ އަދި ސްޓްރެޓީޖިކް ގުޅުން ވަރުގަދަކޮށް، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ އާ ފުރުސަތުތައް ހުޅުވައިލުމަށް އެކުލަވާލި ވަގުތީ އެއްބަސްވުމެކެވެ.
އަދި އެމެރިކާ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، އިންޑިއާއިން އަލުން ރަޝިޔާގެ ތެޔޮ ގަންނަން ފަށައިފިނަމަ، މިހާރު އުވާލި ޓެރިފްތައް އަލުން ނަގަން ފަށާނެއެވެ.
ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި، މިއީ ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދުގެ މެދުގައި އޮތް ވިޔަފާރީގެ ނުތަނަވަސްކަން ހައްލުކޮށް، ގުޅުން ބަދަހިކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.
އިންޑިއާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގަމުން އައި ޓެރިފަށް ލުއިތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ