ރާއްޖެއިން ސާފްގެ ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

ބޫޓާނާ ވާދަކޮށް 1-3 އިން މޮޅުވެގެން، ލީގުގައި ބާކީ އެއް މެޗު އޮއްވައި ދިވެހިރާއްޖޭން ފުރަތަމަ ފަހަރަށް ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފި އެވެ.ބެންކޮކްގައި ކުރިއަށްދާ މި މުބާރާތުގައި ކުރިއަށް އެއް މެޗު އޮއްވާ ރާއްޖެ ތަށި ކަށަވަރުކުރީ މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓް ހޯދައިގެންނެވެ. ސާފްގެ ހަތް ގައުމު ވާދަކުރާ މުބާރާތުގައި ދެން އެވަރަށް ޕޮއިންޓް ހޯދޭނެ އެއްވެސް ބަޔަކު ނެތެވެ.ބެންކޮކްގައި ކުރިއަށްދާ މި މުބާރާތުގައި ކުރިއަށް އެއް މެޗު އޮއްވާ ރާއްޖެ ތަށި ކަށަވަރުކުރީ މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓް ހޯދައިގެންނެވެ. ސާފްގެ ހަތް ގައުމު ވާދަކުރާ މުބާރާތުގައި ދެން އެވަރަށް ޕޮއިންޓް ހޯދޭނެ އެއްވެސް ބަޔަކު ނެތެވެ.ރައީސް މުހައްމަދު މުއިއްޒު، ރާއްޖޭގެ މި ކާމިޔާބީ ސިފަކުރެއްވީ 'ތާރީހީ ފަހުރެއް'ގެ ގޮތުގަ އެވެ."ކުޅިވަރުގެ މައިދާނުގައި ދިވެހި ހިތްވަރުގަދަ ދަރީން ހޯދަމުންދާ ރަން ވަނަތައް އިތުރުވުމަކީ، ޤައުމުގެ މުސްތަޤްބަލަށް އުޖާލާކަމެއް. ވަކީން ޚާއްޞަކޮށް، ކުޅުނު ކޮންމެ މެޗަކުން ވަރަށް ފުރިހަމަ މޮޅަކާއެކު ބައިނަމްއަޤްވާމީ މިފަދަ މުބާރާތެއްގެ އެއްވަނަ ހޯދުމަކީ ތާރީޚީ ފަޚުރެއް،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ