ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026ގެ އެކިއެކި މަސައްކަތުގައި ޙަރަކާތްތެރިވާ މީހުންނަށް ބޭނުންވާ ކެއުމާއި ސައިގެ ޚިދުމަތްދޭނެ ބަޔަކު ހޯދަން އަލުން އިއުލާނު ކޮށްފި އެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ އެ ކޮމިޝަނުން ދިން މަޢުލޫމާތާއި އެއްގޮތަށް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އެކިއެކި މަސައްކަތުގައި ޙަރަކާތްތެރިވާ މީހުންނަށް ބޭނުންވާ ކެއުމާއި ސައިގެ ޚިދުމަތްދޭނެ ހޯދުމަށް ކޮށްފައިވާ އިޢުލާނާއި ގުޅިގެން ހުށަހެޅި ބީލަންތައް ފުރިހަމަނުވާތީ، މި ބީލަންތައް ބާޠިލުކޮށް މި ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ދެ ވަނަ ފަހަރަށް އިޢުލާނުކުރާ ކަމަށެވެ.
އެހެން ކަމުން ޝަރުޠުފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާ ކަމަށް ވަނީ ބުނެފަ އެވެ.
ބީލަން ހުޅުވުން އޮންނާނީ ޖަނަވަރީ ފަހެއް ވާ ހޯމަ ދުވަހުގެ 2:45 ގައި އިލެކްޝަންސް ކޮމިޝަން ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެ ކަމަށްވެސް ބުންޏެވެ.
ކައުންސިލް އިންތިހާބު: މަސައްކަތުގައި ހަރަކާތްތެރިވާ މީހުންނަށް ކެއުމާ ސައި ދޭނެ ބަޔަކު ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ