ޑެންގީ ހުން ޖެހިގެން ހާލު ސީރިއަސްވި ޒުވާނަކު މިއަދު ނިޔާވެއްޖެއެވެ. އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ކަށަވަރުކޮށްދެއްވި ގޮތުގައި، ނިޔާވީ ވެންޓިލޭޓަރުގައޮ ފަރުވާ ދެމުންދިޔަ ޒުވާން ފިރިހެނެކެވެ.
އުމުރުން 23 އަހަރުގެ ނަބްހާން ނަމަކަށް ކިޔާ ޒުވާނާއަށް އެންމެ ފުރަތަމަ ފަރުވާ ދޭން ފެށީ މިދިޔަ ހަފުތާގައި އޭނާގެ ރަށް ކަމަށްވާ ށ.މިލަންދޫ ސިއްހީ މަރުކަޒުގައެވެ. ނަމަވެސް ބަލިމީހާގެ ހާލަތު ދެރަވުމާ ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކުރުމަށްފަހު، އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
މި ޒުވާނާ ނިޔާވެފައި މިވަނީ ރާއްޖޭގައި ޑެންގީ ހުން ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު އެކަނިވެސް 535 މީހަކަށް މި ބަލި ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރިޕޯޓުކޮށްފައިވަނީ އެންމެ 60 ކޭސްއެވެ.
ޑެންގީ ހުން ޖެހިގެން ޒުވާނަކު ނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ