ހުރާ ގެއެއްގައި ރޯވެ އަނދައިފި
ކ. ހުރާގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި މީހުން ދިރިއުޅޭ ގެއެއް ބޭނުން ނުކުރެވޭ ވަރަށް އަނދައި، އެ ގޭގައި ދިރިއުޅެމުންދިޔަ 15 މީހުން ހާލުގައި ޖެހިއްޖެ އެވެ.އަލިފާނުގެ މި ހާދިސާއާ ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) މިއަދު ބުނީ ރޯވި ގޭގައި ދިރިއުޅެމުން އައި 15 މީހަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް އެ އޮތޯރިޓީން ހުރާ ކައުންސިލާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.މިފަދަ ހާދިސާތަކުގައި ގެއްލުންވާ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ޒަރޫރީ ބޭނުންތައް ފުއްދައިދިނުމަކީ އެންޑީއެމްއޭއިން އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ. ފަހަކަށް އައިސް ރާއްޖޭގެ އެކި ހިސާބުތަކުގައި އަލިފާނުގެ މިފަދަ ބޮޑެތި ހާދިސާތައް ހިނގައި، ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ