ޗައިނާގެ އެހީގައި މާލޭގައި 500 ފްލެޓް އެޅުމަށް ސޮއިކޮށްފި

ޗައިނާގެ އިންޓަރެސްޓް-ފްރީ ފެސިލިޓީގެ ދަށުން، މާލޭގައި 500 ސޯޝަލް ހައުސިންގ ޔުނިޓް އެޅުމާއި ގުޅޭ މަޝްވަރާގެ ޔައުމިއްޔާގައި، ދިވެހި ސަރުކާރާއި، ޗައިނާ އާއި ދެމެދު ސޮއި ކުރެވިފައިވާ ކަމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓް އިން ބުނެފިއެވެ.
ހައުސިންގ މިނިސްޓްރީ އިން އިއްޔެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޗައިނާގެ ވެރިރަށް ބެއިޖިންގައި މިދިޔަ އަންގާރަ އަދި ބުދަ ދުވަހު ކުރިއަށް ގެންދިޔަ "ތާޑް ހައި-ލެވެލް ކޮންފަރެންސް އޮން ގްލޯބަލް އެކްޝަން ފޯ ޝެއާޑް ޑިވެލޮޕްމަންޓް"ގެ ހަވާސާގައި، މާލޭގައި 500 ސޯޝަލް ހައުސިން ޔުނިޓް ނުވަތަ ފްލެޓް އެޅުމާ ގުޅޭ މަޝްވަރާގެ ޔައުމިއްޔާގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ