ފިޠުރު ޢީދުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްލާމީ ޤައުމުތަކާއި ޖަމާޢަތްތަކުގެ ވެރިންނަށް ފޮނުއްވައިފިއެވެ.
ރައީސް ވަނީ 1447 ވަނަ އަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި، އިސްލާމީ ޤައުމުތަކާއި، ޖަމްޢިއްޔާތަކުގެ ވެރިންނާއި، ސަރުކާރުތަކާއި އަދި ރައްޔިތުންނަށްވެސް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ.
އިސްލާމީ ޤައުމުތަކުގެ އިސްވެރިންނަށް ވަކިވަކީން އެމަނިކުފާނު ފޮނުއްވި ތަހުނިޔާގެ މެސެޖުތަކުގައި، ގާތްތިމާގެ މީހުންނާއި، އަވައްޓެރިންނާއެކުގައި ޢީދުގެ އުފާ ފާޅުކުރުމުގެ ތެރެއިން ގުޅުންތައްބަދަހިވެ، އަދި އީމާންކަން ހަރުދަނާވެ، ﷲގެ ރަޙުމަތުން ފުރިގެންވާ އުފާވެރި ދުވަހަކަށް މި ދުވަސް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ.
ރައީސްގެ މެސެޖުތައް ނިންމަވާލައްވަމުން، މިޢީދަކީ، ހެޔޮރަޙުމަތާއި، މުސްލިމު މުޖްތަމަޢުގައި އޮންނަ އަޚްވަންތަކަމުގެ ރޫޙު، އިތުރަށް ބަދަހިވެގެންދާނެ ޢީދަކަށްވާނެ ކަމަށް އުއްމީދުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.
އިސްލާމީ ޤައުމުތަކާއި ޖަމާޢަތްތަކުގެ ވެރިންނަށް ރައީސް ޢީދުގެ ތަހުނިޔާ ފޮނުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ