އެމެރިކާގެ ފަހުރެއްގެ ގޮތުގައި ބަލައި ހަނގުރާމަމަތީ ޖެޓް އެފް35 އަށް އީރާނުން މިސައިލް ހަމަލާއެއް ދީފިއެވެ.
މިއީ އެމެރިކާގެ އަސްކަރިއްޔާއަށް ބޮޑު ލަދަކަށް ވި އިރު, އެމެރިކާގެ އޮފިޝަލުންވެސް ވަނީ މި ހަމަލާ އަމާޒުވި ކަމަށާއި އެއާއެކު އެމަޖެންސީ ހާލަތުގައި އެބޯޓު ހުޅަނގު އޭޝިއާގެ ގައުމެއްގައި ޖެއްސިކަމަށް ބުނެފައެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ތަރުޖަމާން ކެޕްޓަމް ޓިމް ހޯކިންސް އާ ހަވާލާދީ ސީއެންއެން އިން ބުނެފައި ވަނީ, 5 ވަނަ ޖެނެރޭޝަންގެ ސްޓެލްތް ޖެޓަށް އީރާނުން ހަމަލާދިނީ އީރާނު މަތީގައި އުދުހެމުން ދަނިކޮށް ކަމަށާއި ހަމާލާ އެރިސަބަބު ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.
100 މިލިއަން ޑޮލަރަށް ވުރެ އަގު ބޮޑު ސްޓެލްތަކީ އެމެރިކާއިން އޭގެ މައްޗަށް ފަހުރުވެރިވެ, ދުޝްމަނުންނަށް އެ އަތުނުވާނެ ކަމަށާއި ރާޑަރަށް ވެސް ނާރާނެ ކަމަށް ބުނެ އިޝްތިހާރު ކުރާ ބޯޓެކެވެ.
އީރާނުން ބުނެފައިވަނީ, އެމެރިކާގެ ފަހުރެއްގެ ގޮތުގައި ބަލައި އެފް35 އަށް ހަމަލާދީފައި އެވަނީ ރާޑަށްވެސް ނާރާނެ ކަމަށް ބުނެ އެމެރިކާއިން ގަދަބަސް ބުނަމުން ދަނިކޮށް ކަމަށާއި ހުރިހާ ލޮލަކަށް އެބޯޓު ކަނުވާނެ ކަމަށް ބުނެ ބޮޑާ ވާ ކަމަށާއި ނަމަވެސް ހުރިހާ ބާރެއްގެ ވެރި ފަރާތް މާމަތިވެރި ކަމަށެވެ.
އެމެރިކާ އާއި އިޒްރޭލުން އީރާނު ހަނގުރާމައިގައި އެފް35 މަރުކާގެ ގިނަ އަދަދެއްގެ ބޯޓު ބޭނުން ކުރެއެވެ. އީރާނަށް ދެމުން ގެންދާ ވަރުގަދަ ވައިގެ ހަމަލާތައް ކާމިޔާބު ވުމުގެ ސިއްރަކީވެސް އެ ބޯޓުތައް ރާޑަރުތަކަށް ނޭރުމާއި އޭގެ ސްޕީޑާއި ޓެކްނޮލޮޖީގެ މޮޅުކަމެވެ.
މި ހަނގުރާމައިގައި އެމެރިކާއިން ބޭނުން ކުރާ އެފް15 ގެ 3 ބޯޓެއް މީގެ ކުރިން ކްވެއިތަށް ވެއްޓިފައި ވެއެވެ. އަދި ވައިގެތެރޭގައި ޖެޓްތަކަށް ތެޔޮ އަޅަން ގެންގުޅޭ ކޭސީ135 މަރުކާގެ އެއް ބޯޓު އީރާގަށް ވެއްޓިފައި ވެއެވެ. އެމެރިކާއިން ބުނަނީ މިހާދިސާތަކުގައި ކޭސީ135 ގައި ދަތުރުކުރި އެންމެން ފިޔަވައި އެފް15 ގެ ޕައިލެޓުން ސަލާމަތްވެފައި ވާ ކަމަށެވެ. ކޭސީ135ގައި ދަތުރުކުރި ޕައިލެޓުންނާއި ފަޅުވެރިން ވަނީ މަރުވެފައެވެ.
އީރާނުން އެމެރިކާގެ ވަރުގަދަ އެފް35 އަށް ހަމަލާ ދީފި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ