ފްލޮރިޑާ، ޔުނައިޓެޑް ސްޓޭޓްސް (މާޗް 25) - އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި، އަންޓުއާން ގްރީޒްމަން، އެމެރިކާ ލީގު (އެމްއެލްއެސް)ގެ ކްލަބް އޯލަންޑޯ ސިޓީ އަށް ބަދަލުވުމަށް އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.
އުމުރުން 34 އަހަރުގެ ގްރީޒްމަން، ޖެނުއަރީ މަހުން ފެށިގެން އައީ އެމްއެލްއެސްގެ ކްލަބް، އޯލަންޑޯ ސިޓީއާ ވާހަަކަ ދައްކަމުންނެވެ. އެކަމަކު، އެންމެ ފަހު ވަގުތު ގްރީޒްމަން ނިންމީ އެތުލެޓިކޯގައި މަޑުކުރުމަށެވެ. އެކަމަކު، ގްރީޒްމަން މިހާރު މި ވަނީ، އެތުލެޓިކޯއާ އެކު އޮތް އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ނިންމާލައި، ޖުލައި އެއް ވަަނަ ދުވަހު، އޯލަންޑޯ އަށް ބަދަލުވުމަށް އެއްބަަސްވުމުގައި ސޮއިކޮށްފަ އެވެ.
ޖެނުއަރީ ޓްރާންސްފާގައި، ގްރީޒްމަން، އޯލަންޑޯ އަށް ބަދަލުނުވީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި އެތުލެޓިކޯއާ އެކު ކާމިޔާބު ހޯދުމަށް އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އެ ކްލަބްގައި ހުންނަން ބޭނުންވާތީ އެވެ.
ކުރިން ރެއާލް ސޮސިއެޑާޑާއި ބާސެލޯނާ އަށް ކުޅުނު ގްރީޒްމަން އަކީ އެތުލެޓިކޯގެ ތާރީހުގައި އެ ކްލަބަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. އެތުލެޓިކޯ އަށް މިހާތަނަށް ކުޅެދިން 488 މެޗުން ގްރީޒްމަން ވަނީ އެ ޓީމަށް 211 ލަނޑު ޖަަހައި، 97 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
މީގެ ކުރިން ވެސް ގްރީޒްމަން ވަނީ އެއް ފަހަރު އެތުލެޓިކޯ ދޫކޮށްލައިފަ އެވެ. އެ ގޮތުން، 2019 ވަނަ އަހަރު ގްރީޒްމަން ވަނީ އެތުލެޓިކޯ ދޫކޮށް ބާސެލޯނާ އަށް ބަދަލުވެފަ އެވެ. އެކަމަކު، ބާސެލޯނާގައި ދެ އަހަރު ހޭދަކުރުމަށްފަހު ގްރީޒްމަން އެނބުރި އެތުލެޓިކޯ އަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ.
ކުރިން ރެއާލް ސޮސިއެޑާޑަށް ކުޅުނު ގްރީޒްމަން އެންމެ ބޮޑަށް ވިދާލީ، އެތުލެޓިކޯ އަށް 2014 އިން 2019 ވަނަ އަހަރާ ހަމަ އަށް ކުޅުނުއިރުގަ އެވެ. އެތުލެޓިކޯއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދި ގްރީޒްމަން ވަނީ ފްރާންސްއާ އެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. ގްރީޒްމަން ވަނީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ފްރާންސް ގައުމީ ޓީމުން ރިޓަޔާމަންޓް އިއުލާނުކޮށްފަ އެވެ.
އެންމެ ފަހުން ގްރީޒްމަން އޯލަންޑޯގެ ޑީލް ނިންމައިފި އެންމެ ފަހުން ގްރީޒްމަން އޯލަންޑޯގެ ޑީލް ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ