މާލޭގައި މާރާމާރީއެއް ހިންގަން ރޭވި ބަޔަކު ހައްޔަރުކޮށްފި

މާލެ އާއި ހުޅުމާލޭގައި މާރާމާރީއެއް ހިނގަން ރާވަމުންދާ ކަމުގެ ތުހުމަތަށް ހަ މީހަކު ހައްޔަރުކޮށްފި އެވެ. އެމީހުންނާ ގުޅުން ހުރި ކަމަށް ބެލެވޭ ތަންތަން ބަލާ ފާސްކުރުމުން ވަޅިއަކާއި ގިނަ އަދަދެއްގެ ފައިސާ ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ.
ވީ ކިހިނެއް؟ - މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަންއާ ގުޅޭ ބައެއް މައުލޫމާތު ފުލުހުން މިއަދު ވަނީ ހާމަކޮށްފަ އެވެ.
ތަފްސީލު - ފުލުހުން ބުނީ މި އޮޕަރޭޝަންގައި މާފަންނު ގެސްޓް ހައުސްއަކާއި އެމީހުންނާ ގުޅުން އޮތް ކަމަށް ބެލެވޭ ސަރަހައްދެއް ވަނީ ބަލާފާސްކޮށްފައި ކަމަށެވެ. އެގޮތުން:
ހައްޔަރުކުރީ  34 އަހަރާ 21 އަހަރާ ދެމެދުގެ ހަ ދިވެހި ފިރިހެނުން
އެ މީހުންގެ އަތުން ފަތްޖެހި ވަޅިއަކާއި 39,695 ރުފިޔާ ފެނިފައިވޭ
އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ގާޒިރު ކުރުމުން، ހަތަރު މީހަކު 15 ދުވަހަށް ބަންދުކުރަން އަމުރުކުރި އެވެ. ބާކީ ތިބި ދެ މީހުން ކޯޓުން ވަނީ ޝަރުތު ކުރުމަށް ފަހު ދޫކޮށްލާފައި ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ