މީޑިއާނެޓުގެ ޑިކޯޑަރު އަދި ޓީވީ އެޕްލިކޭޝަން ސަރވިސް މެދުވެރިކޮށް ވޯލްޑް ކަޕް 2026 ހިލޭ ބެލުމަށް "ފްރީ ޕާސް"އެއް އެކްޓިވޭޓް ކުރަން ޖެހެއެވެ.
މި ޕާސް އެކްޓިވޭޓް ކުރުމުގައި، އަލަށް މީޑިއާނެޓު ޓީވީ އެޕް މެދުވެރިކޮށް ޚިދުމަތް ހޯދައި ކަސްޓަމަރުންނާއި، ކުރިން މީޑިއާނެޓުގެ ޚިދުމަތް ބޭނުންކުރައްވަމުން އަންނަ ކަސްޓަމަރުން ޢަމަލުކުރަންޖެހޭ ގޮތް ތަފާތެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މީޑިއާނެޓުގެ ލީނިއަރ އެންޑް ސިންޑިކޭޝަން ސްޕޯޓްސް މެނޭޖަރ އަޙްމަދު ސުފިޔާން ވަނީ، މީޑިއާނެޓުގެ ޑިކޯޑަރު އަދި ޓީވީ އެޕްލިކޭޝަން މެދުވެރިކޮށް ވޯލްޑް ކަޕް ހިލޭ ބެލުމަށް "ފްރީ ޕާސް" އެކްޓިވޭޓް ކުރާނެ ގޮތް ކިޔައިދެއްވާފައެވެ.
" އައު ކަސްޓަމަރެއްނަމަ މީޑިއާނެޓު ޓީވީ އެޕްލިކޭޝަން ޑައުންލޯޑް ކުރުމަށްފަހު ސައިންއަޕްކުރުމަށް ކިއު.އާރް.ކޯޑް ސްކޭން ކުރުމަށްފަހު މައި މީޑިއާނެޓު ޕޯޓަލްއަށް ވަޑައިގެން މަޢުލޫމާތު ފުރިހަމަކުރުމަށްފަހު، ރަޖިސްޓަރ ކުރެއްވުމަށްފަހު ފްރީ ޕާސް އެކްޓިވޭޓް ކޮށްލަންޖެހޭނީ. އޭރުން ފޯނު ނަމްބަރަށް އަންނަ އެކައުންޓް ނަންބަރާއި، ލޮގިން ޖައްސަވައިގެން ވަގުތުން ޓީވީގެ އެޕްލިކޭޝަނުން ލޮގިން ކޮށްލެވޭނެ. އަދި މީޑިއާނެޓުގެ ކަސްޓަމަރުން މައިމީޑިއާނެޓު ޕޯޓަލްއަށް ވަޑައިގެން ފޯނު ނަމްބަރު ޖައްސަވާފައި އޯޓީޕީ ލިބުނީމަ ޕޯޓަލްއަށް ވަދެލާފަ ފްރީ ޕާސްއަށް ސަބްސްކްރައިބް ކޮށްލީމަ ޓީވީއެމް އަދި ޔެސްޓީވީ ފްރީކޮށް ބެލޭނެ." ސުފްޔާން ވިދާޅުވިއެވެ.
mymedianet.mv އަށް ވަންނަވާ
New connection ޚިޔާރު ކުރައްވާ
މަޢުލޫމާތު ފުރުއްވުމަށްފަހު ރެޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރައްވާ
ޑިވައިސްގެ ގޮތުގައި TV App ޚިޔާރު ކުރައްވާ
5FIFA26 Free Pass ޕެކޭޖު ޚިޔާރު ކުރައްވާ
6Activate Package އަށް ފިއްތާލައްވާ
އެކްޓިވޭޓް ކުރެވުމުން، ލޮގިން ކުރުމަށް ބޭނުންވާ މަޢުލޫމާތު SMS އިން ލިބިވަޑައިގަންނަވާނެ. އަދި އެއަށްފަހު TVM އާއި YES TV ގައި FIFA World Cup 2026 މުޅިން ހިލޭ ލިބެން ފަށާނެ
mymedianet.mv އަށް ވަންނަވާ
ރަޖިސްޓަރ ކުރައްވާފައިވާ މޮބައިލް ނަންބަރު ބޭނުންކޮށްގެން ލޮގިން ކުރައްވާ
Packages ނުވަތަ Add Package އަށް ފިއްތަވާލައްވާ
FIFA26 Free Pass ޚިޔާރު ކުރައްވާ
Activate Package އަށް ފިއްތާލައްވާ
TVM އާއި YES TV ގައި FIFA World Cup 2026 ކަވަރޭޖް ހިލޭ ބައްލަވާލެއްވޭނެ
މިފަހަރުގެ ވޯލްޑު ކަޕަކީ، ތާރީޚުގައިވެސް މުޅިން ހިލޭ ދިވެހިންނަށް ވޯލްޑު ކަޕް ބަލާލެވޭނެ ފުރަތަމަ ފަހަރެވެ. މީޑިއާނެޓާއި، ޕީއެސްއެމް ގުޅިގެން މި ފަހަރުގެ ވޯލްޑް ކަޕް ދިވެހިންނާއި ހަމައަށް ގެނެސްދޭއިރު، މީޑިއާނެޓުގެ ކަނެކްޝަނެއް އޮތް ކޮންމެ ފަރާތަކަށްވެސް، އެއްވެސް ޗާޖެއް ނުނަގައި މުޅިން ހިލޭ ޕީއެސްއެމްގެ ޗެނަލްތައް ބަލާލެވޭނެއެވެ.
އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ މި ފަހަރުގެ ވޯލްޑް ކަޕަކީ މިހާތަނަށް ބާއްވާ އެންމެ ވާދަވެރި އެންމެ ގިނަ ޤައުމު ވާދަކުރާ އެންމެ ފޯރިގަދަ ވޯލްޑް ކަޕަށް ވާނެއެވެ. މި ފަހަރުގެ ވޯލްޑް ކަޕުގެ މެޗުތައް ދިވެހިންނަށް ރާއްޖޭގައި ފެންނާނީ، ހަމައެކަނި ޕީއެސްއެމްގެ ޗެނަލްތަކުންނެވެ.
ވޯލްޑް ކަޕް ހިލޭ ބެލުމަށް "ފްރީ ޕާސް" އެކްޓިވޭޓް ކުރާނީ ކިހިނެއް؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ