ފަސް ރަށެއްގެ ހަރުގޭގައި ވޯޓު ފޮށި ބަހައްޓާތީ މީކާއީލް ޝަކުވާ ހުށަހަޅައިފި

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ފަސް ރަށެއްގެ ހަރުގޭގައި ބާއްވަން ނިންމާފައިވާތީ، އެކަމާ ގުޅިގެން އިންތިހާބުގައި ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ޕާޓީއަށް ޝަކުވާ ހުށަހަޅައިފި އެވެ. 
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުއްޣަފޫރު މޫސާއަށް އެޑްރެސްކުރައްވާ މީކާއީލް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އިންތިހާބާ ބެހޭ ކޮމިޓީން ޗެއާޕާސަން އިންތިހާބު ކޮންމެ ރަށެއްގެވެސް ރަށު ސްކޫލްގައި ބޭއްވުމަށް ހަމަޖެހިފައިވަނިކޮށް، އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު ވަނީ ފަސް ރަށެއްގައި އިންތިހާބު އެ ރަށުގެ ޕާޓީގެ ހަރުގެގާއި ބޭއްވުމަށް ނިންމާފައި ކަަށެވެ. 
މީކާއީލް ވިދާޅުވި ގޮތުގައި އިންތިހާބާބެހޭ ކޮމިޓީގެ މުގައްރިރު ވަނީ އިންތިހާބު ފ. ފިއަލީ، ލ. އިސްދޫ ދާއިރާ/އިސްދޫ، ލ. އިސްދޫ ދާއިރާ/ ކަލައިދޫ، ގއ. ވިލިނގިލި ދާއިރާ/ ވިލިނގިލި އަދި ލ. ގަމު ދާއިރާ/ މަތިމަރަދޫގެ އެމްޑީޕީ ހަރުގޭގައި ބާއްވަން ނިންމާފައި ކަމަށެވެ. 
އިންތިހާބުގެ ވޯޓުލުމާއި ވޯޓުގުނުުގެ ކަންކަން ވީހާވެސް އިންސާފުވެރިކޮށް އަދި ޑިމޮކްރެޓިކް ހަމަތަކާއި އެއްގޮތަށް ކުރިއަށް ގެންދިޔުމުގެ މަގުސަދުގައި ނިންމާފައިވާ ނިންމުންތަކާއި ހިލާފަށް އަދި މުޅި ރާއްޖޭގެ އެތައް ރަށެއްގައި ވޯޓު ފޮއްޓެއް ކޮމިޓީގެ ނިންމުމާއި އެއްގޮތަށް މަދަރުސާތަކުގައި ބެހެއްޓުމަށް ނިންމާވަފައިނިކޮށް ހަތަރު ރަށެއްގައި ފޮށި ބަހައްޓަން ނިންމމުމުން ކަންބޮޑުވާ ކަމަށް މީކާއީލް ވިދާޅުވި އެވެ. 
މީކާއީލް ވިދާޅުވީ ފ. ފީއައްޔަށް އޭނާ ކުރި ދަތުރުގައި އިދިކޮޅު ކެންޑިޑޭޓުގެ ސަޕޯޓަރުން ފާޅުގައި ވޯޓު ފޮއްޓަށް ގަނޑުކޮށް ވޯޓު އަޅާނެ ކަމަށް ބުނި ކަމަށެވެ. އެގޮތުން އެހެން ބުނެފައިވަނިކޮށް ވޯޓުލާ މަރުކަޒު ބަދަލުކުރުމަކީ އެކަމަށް ބާރުލިބޭ ކަމެއް ކަމަށް ސިފަކޮށް، މީކާއީލް ވަނީ އެކަން ވީހާވެސް އަވަހަސް އިސްލާހުކޮށް ބަދަލުކުރަން އެދިފަ އެވެ. 
އަންނަ ހުކުރު ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި މީކާއީލްއާ ދެކޮޅަށް ނުކުންނަވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ މެންދުރު 14:00 އިން ފެށިގެން ރޭގަނޑު 20:00 ޖެހުމާ ހަމައަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ