ކަރަންޓު ކެނޑުނު މައްސަލަ ބަލަމުން ދާ ކަމަށް ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
މުޅި މާލެ އަދި ހުޅުމާލެއިން ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމް ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ވާހަކަ ވަނީ ވިދާޅުވެފައެވެ.
ރައީސް މި ޕޯސްޓަށްފަހު ފުލުހުން ވަނީ ޕޯސްޓެއް ހިއްސާކޮށް އެކަން ބަލަމުން ދާކަމަށް ބުނެފައެވެ. އަދި މިކަން ބެލުމަށް ހާއްސަ ތަހުގީގެއް ހިންގަން ފަށައިފައިވާ ކަމަށް ބުނެފައިވެއެވެ.
ސްޓެލްކޯއިން ދަނީ މި މައްސަލަ ވީހާވެސް އަވަހަށް ހައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ.
ކަރަންޓު ކެނޑުނު މައްސަލަ ފުލުހުން ބަލަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ