ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލައި މުޒާހަރާ ކުރަމުން ދިޔަ ފަރާތްތައް ދިޔުމަށް އެންގުމަށް ފަހު ފުލުހުން ބޮޑުތަކުރުފާނު މަގު ދެ ފަޅިން ބަންދުކޮށްފި އެވެ.
މުޒާހަރާގެ ބައިވެރިންގެ ކުރިމަތިންނާއި ފަހަތުން ފުލުހުންގެ ސަފުތައް ޝީލްޑާއެކު އެތުރުމަށް ފަހު ހުރިހާ އެންމެން ދިޔުމަށް ވަނީ އަންގައިފަ އެވެ.
އޭގެ ފަހުން ފުލުހުން ވަނީ މުޒާހަރާގައި ބޭނުންކުރި ލައުޑްސްޕީކަރު ގެންގޮސް، ބައެއް މީހުން ހައްޔަރުކޮށްފައި ކަމަށް މައުލޫމާތު ލިބެ އެވެ.
މުޒާހަރާގެ ބައިވެރިން ހިނގާލުން ފެށީ ތިން ރައީސުން ބޭއްވި ބައްދަލުވުމަށް ފަހު ވެސްޓް ޕާކް ސަރަހައްދުންނެވެ.
މުޒާހަރާގެ ބައިވެރިން ދިޔުމަށް ފުލުހުން އެންގީ މަގުގެ ދެ ފަޅިން ބަންދުކުރުމަށް ފަހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ