އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް

ހުޅުމާލޭގައި ފޭސް 1، ގައި މިދިޔަ ހޮނިހިރު ހިނގި އެކްސިޑެންޓަކާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.
މައްސަލައާ ގުޅިގެން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހީ ހ. ފަންއަރި، އަހްމަދު އައުސާމް ހަނީފް، 26 އާއި ހ. ބްލޫލޫން މުހައްމަދު ޖައުޝަން، 29 އެވެ.
އެ ދެމީހުންނަކީ ވެސް ހައްޔަރާއި ބަންދު ލޮގް އޮތް ދެ މީހުންކަން ކޯޓު އަމުރުން އެނގެ އެވެ.
ފުލުހުން ބުނީ އެ ދެމީހުން ހައްޔަރުކުރީ މަސްތުގެ ހާލަތުގައި ތިބުމުގެ ކުށުގައި ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެ އެކްސިޑެންޓު ހިނގީ ކާރެއް ކޮންޓްރޯލްނުވެ ސައިކަލެއްގައި ޖެހިފައި، ކޮންޓްރޯލް ނުވެ ފިހާރައެއްގެ ދޮރުގައި ޖެހިގެން ކަމަށާއި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ