ކޮޅުވެއްޓި ބަންޑުން ޖަހާލުން: 25 އަހަރުގެ ދިވެއްސަކަށް ބޮޑެތި އަނިޔާތަކެއް، ހާލު ވަަރަށް ދެރަ

މިއަދު ހިނގި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލުމުގެ ހާދިސާގައި ދިވެއްސަކަށްވެސް ބޮޑެތި އަނިޔާތަކެއް ވެއްޖެ އެވެ.
ސާދަ މީހުން ތިބި ކޮޅުވެއްޓި ބަންޑުން ޖަހާލީ އެމްޕީއެލް ސަރަހައްދު ބޭރަށެވެ. ހަ މީހަކަށް އަނިޔާވެގެން ފަރުވާ ދެމުންދާއިރު އެކަކު ވަނީ ނިޔާވެފަ އެވެ. އެއީ ބިދޭސީ އެކެވެ.
ފުލުހުން ދެންމެ ބުނީ މި ހާދިސާގައި އަނިޔާވި ދިވެއްސަކަށް ވެސް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށެވެ. އޭނާގެ ހާލު ސީރިއަސް ކަަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ބުންޏެވެ. އެއީ އުމުރުން 25 އަހަރުގެ ފިރިހެނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ