މުމްބާއި، އިންޑިއާ (ނޮވެމްބަރު 5) - އިންޑިއާގެ އަންހެން ކްރިކެޓް ޓީމުން ފުރަތަމަ ފަހަރަށް ކްރިކެޓް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދުމުން، އިނާމް ފައިސާގެ ގޮތުގައި ލިބުނު އަދަދުގެ ޖުމްލަ 10 މިލިއަން ޑޮލަރަށް އަރައިފި އެވެ.
އިންޑިއާ ވަނީ 2017 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލާއި 2020 ވަނަ އަހަރު އޮތް ޓީ20 ވޯލްޑް ކަޕް ފައިނަލުގައި ބަލިވެފަ އެވެ. މި ފަަހަރުގެ މުބާރާތުގެ ލީގު ބުރުގައި ޖެހިޖެހިގެން ތިން މެޗުން ބަލިވި ނަމަވެސް، ވަރުގަދަކޮށް އެނބުރި އައިސް ފައިނަލުގައި، 52 ލަނޑުން ދެކުނު އެފްރިކާ ބަލިކޮށް އިންޑިއާ އިން ޗެމްޕިއަންކަން ހޯދީ އެވެ.
ޗެމްޕިއަންކަން ހޯދުމުން، އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް އިން ޓީމަށް ދިން އިނާމް ފައިސާގެ ޖުމްލަ އަކީ، 4.48 މިލިއަން ޑޮލަރެވެ. މި ފަހަރުގެ މުޅި މުބާރާތުގެ އިނާމް ފައިސާގެ ޖުމްލަ އަކީ، 13.88 މިލިއަން ޑޮލަރެވެ. މިއީ، އެންމެ ފަހުން ބޭއްވި އަންހެން ވޯލްޑް ކަޕަށް ވުރެން 297 ޕަސެެންޓް އިތުރު އަދަދެކެވެ.
އިންޑިއާގެ އަންހެން ޓީމުގެ މި ކާމިޔާބީއާ ގުޅިގެން، އިންޑިއާގެ ކްރިކެޓް ބޯޑުން ނިންމީ، 51 ކްރޯރް ރުޕީސް ދިނުމަށެވެ. މިއީ، ޑޮލަރުން ބަލާނަމަ، 6.14 މިލިއަން ޑޮލަރެވެ. އެހެންކަމުން، އިންޑިއާގެ ޓީމަށް މިހާތަނަށް ލިބުނު އިނާމް ފައިސާގެ ޖުމްލަ އަދަދު، 10 މިލިއަން ޑޮލަަރަށް ވުރެން އިތުރުވީ އެެވެ.
އިންޑިއާގެ ކްރިކެޓް ބޯޑުން ނިންމާފައިވަނީ، އިނާމް ފައިސާ، ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން، އަންހެން ގައުމީ ޓީމުގެ ސިލެކްޝަން ކޮމިޓީގެ މެމްބަރުންނަށް ބެހުމަށެވެ.
މީގެ އިތުރުން، އިންޑިއާގެ އަންހެން ކްރިކެޓް ޓީމުގައި ހިމެނޭ އެކި ސަރަހައްދުތަކުގެ ކުޅުންތެރިންނަށް ވަކިވަކި ވިޔަފާރިތަކުންނާއި ސްޓޭޓް ސަރުކާރުތަކުން ވެސް އަންނަނީ އިނާމް ފައިސާ އާއި ހަދިޔާ ދެމުންނެވެ.
ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދި އިންޑިއާގެ އަންހެން ކްރިކެޓް ޓީމަށް 10 މިލިއަން ޑޮލަރުގެ އިނާމު ފައިސާ ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދި އިންޑިއާގެ އަންހެން ކްރިކެޓް ޓީމަށް 10 މިލިއަން ޑޮލަރުގެ އިނާމު ފައިސާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ