ރާއްޖެ އާއި އިނގިރޭސިވިލާތާއި ދެމެދު އުފެދިފައިވާ ގުޅުންތައް އިތުރަށް ވަރުގަވެފައިވާކަމަށް ނައިބު ރައީސް ވިދާޅުވެއްޖެ ފުލުހުންގެ އަސާސި ތަމްރީންގެ އެންމެ ޝަރަފުވެރި ވަނަ ފުރަތަމަ ފަހަރަށް، އަންހެން ފުލުހަކަށް! ހިތަދޫ އާޔާވިލާގައި ހިނގި އަލިފާނުގެ ހާދިސާ:

އައްޑޫ ސިޓީގައި ހިންގަމުން އަންނަ، ޕަވާ ހަވާ ސްޓޫޑިއޯ އިން 2026 ވަނަ އަހަރަށް ހާއްސަކޮށް ‘ނިއު އިޔާ، ނިއު މީ’ ޗެލެންޖު ފެށުމަށް ތައްޔާރުވެއްޖެއެވެ.
މި ޗެލެންޖާ ގުޅޭ ގޮތުން އާމިނަތު ޔާސްމިން އޮސްމަންއަގިޗް ބުނީ މިއީ ޖަނަވަރީ މަހު ފެށުމަށް ހަމަޖެހިފައިވާ ޗެލެންޖެއްކަމަށެވެ. މި ޗެލެންޖު ކުރިއަށްދާނީ 30 ދުވަހަށްކަން ފާހަގަކޮށް ޔާސްމީން ބުނީ މި ޗެލެންޖުގައި މަރަދޫފޭދޫ އަދި ހިތަދޫ ސްޓޫޑިއޯގައި ރަޖިސްޓްރީވެފައިވާ ކޮންމެ މެންބަރަކަށްވެސް ބައިވެރިވެވޭނެ ކަަމަށެވެ. އަދި އަލަށް ޖިމަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށްވެސް ބައިވެރިވޭނެ ކަން ފާހަގަކޮށް ޔާސްމީން ބުނީ ޗެލެންޖު ފެށުމުގެ ކުރިން ހުރިހާ ބައިވެރިންގެ ހާޒިރުގައި ބަރުދަން ބަލާ ޗެކް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ޗެލްންޖުގައި ބައިވެރިވެ، އެންމެ ބޮޑަށް ބަރުދަން ލުއިކުރާ ފަރާތަކަށް 2000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށް ޔާސްމީން ބުނީ، ޗެލެންޖު ނިންމާލާ ދުވަހުވެސް ބަރުދަން ބަލާނީ ހުރިހާ މެންބަރުންގެ ހާޒިރުގައި ކަމަށެވެ.
އައްޑޫ ސިޓީ ހިތަދޫ އަދި މަރަދޫ ފޭދޫގައި ޔާސްމީން ހިންގާ ދެ ސްޓޫޑިއޯގައިވެސް އެކި ކަހަލަ ފިޓްނަސް ކްލާސްތައް އަންނަނީ ކުރިއަށް ގެންދަމުންނެވެ. ފިޓްނަސް ދާއިރާއިން ކިޔަވައިގެން ތިބި މޮޅު އިންޓްރެކްޓަރުންނާއެކު ކުރިއަށް ގެންދާ ކްލާސްތަކުގެ ތެރޭގައި ސްޓްރެންތް ޓްރެއިނިން، ބޮޑީ ކޮމްބާޓް، ސްޓްރޯން ނޭޝަން އަދި ޒުމްބާ ކްލާސްތައް ހިމެނެއެވެ. އިތުރަށް ޔާސްމީން ބުނީ ިހާރު ސްޓޫޑިއޯއިން ސްމާޓް ނިއުޓްރިޝަން ކޮޗިންވެސް ފަށާފައިވާކަމަށާއި، ކޮންމެ މީހަކަށްވެސް އެމީހެއްގެ އުމުރާ، ބަރުދަނާ، އިސްކޮޅަށް ބެލުމަށްފަހު، އެމީހެއްގެ އެކްޓިވިޓީ ލެވެލްއަށް ބެލުމަށްފަހު ވަކި ހާއްސަ މީލް ޕްލޭންތަކެއް ދެމުން އަންނަކަމަށެވެ.
މި މީލް ޕްލޭންއާއި ގުޅޭ ގޮތުން ޔާސްމީން ބުނީ ޕީސީއޯއެސް އަދި ހަކުރު ބަލީގެ މީހުންނާއި، ބަރުދަން ލުއި ކުރުމުގައި ގޮންޖެހުންތައް ދިމާވާ ފަރާތްތަކަށް ހާއްސަ ޑައިޓް ޕްލޭނެއްވެސް ހިމެނޭ ކަމަށެވެ. މިއީ ކާމިޔާބުކަމާއެކު ބަރުދަން ލުއިކޮށް، ސިއްހީ މައްސަލަތަކަށް އެދެވޭ ހައްލެއް ލިބިގެން ދިޔަ ޕްލޭނެއްކަން ޔާސްމީން ވަނީ ފާހަގަކޮށްފައެވެ.
ޕަވާ ހަވާ ސްޓޫޑިއޯ އިން މިހާތަނަށް ކާމިޔާބު ގިނަ ހަރަކާތްތަކެއްވަނީ ހިންގާފައެވެ. އެގޮތުން އައްޑޫ ސިޓީ މަރަދޫ ފޭދޫ އަވަށު އޮފިހާއި ގުޅިގެން ބޭއްވި ހަށި ހެޔޮ ބޫޓްކޭމްޕް، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ގުޅިގެން ފޭދޫ އަދި ހިތަދޫގައި ބޭއްވި ފަހެލި ކޭމްޕް ހިމެނެއެވެ. މީގެ އިތުރުން މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ ގިނަ ބައިވެރިން ހިމެނޭ ބޫޓް ކޭމްޕް ލީޑުކޮށްފައިވަނީވެސް ޕަވާ ހަވާ ސްޓޫޑިއޯ އިންނެވެ. މަރަދޫ އަވަށު އޮފީހާއި ގުޅިގެން ބޭއްވި މި ވޫޓް ކޭމްޕުގައި 140 އަށް ވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައެވެ.
ޕަވާ ހަވާ ސްޓޫޑިއޯ އާއި ގުޅުމުގެ ފުރުސަތު މިހާރުވެސް އާންމުކޮށް ހުޅުވާލާފައިވާއިރު ޔާސްމީން ބުނީ 9692132 އަށް ގުޅުމުން ރަޖިސްޓްރީގެ ކަންތައްތައް ހަމަޖެހިގެން ދާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ