ފާޑުކިޔުން އަމާޒުވުމުން 4000 ފްލެޓްގެ ކުއްޔާއި އެޑްވާންސް ފައިސާ ކުޑަކުރަން ނިންމައިފި ފާޑުކިޔުން އަމާޒުވުމުން 4000 ފްލެޓްގެ ކުއްޔާއި އެޑްވާންސް ފައިސާ ކުޑަކުރަން ނިންމައިފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4,000 ފްލެޓުގެ ކުއްޔާއި އެޑްވާންސް ފައިސާއަށް ބޮޑު ލުޔެއް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
މިކަން އިއުލާން ކުރެއްވީ ހުޅުމާލޭ ފޭސް 2 ގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ދެ ކޮޓަރީގެ އެޕާޓްމަންޓެއްގެ މިހާރުގެ ކުއްޔަކާއި 7,000ރ. އަދި މެއިންޓެނަންސް ފީގެ ގޮތުގައި 1,000ރ. އާއެކު ޖުމްލަ 8,000ރ. އެވެ. އެޑްވާންސް އަށް 15000ރ. އެވެ.
ތިން ކޮޓަރީގެ އެޕާޓްމަންޓެއްގެ މިހާރުގެ ކުއްޔަކީ 9,000ރ. އަދި މެއިންޓެނަންސް ފީގެ ގޮތުގައި 1,500ރ. އާއެކު ޖުމްލަ 10,500ރ އެވެ.
""ދައުލަތުން ހިންގާ މިފަދަ ބޯހިިޔާވަހިކަމުގެ މަޝްރޫއުތައް، ހިންގަން ޖެހޭނީ ވީހާ ވެސް ބަޖެޓަށް ބުރަ ނުވާ ގޮތަށް، ދެމެހެއްޓެނިވި ގޮތަށް ކަމުގައިވާތީވެ، މި އަގުތައް ކަނޑައެޅީ،" ހައުސިން މިނިސްޓަރު އަބްދުﷲ މުއްތޮލިބު، ޖުލައި 25، 2025 ގައި ވިދާޅުވެފައިވެ އެވެ.
ނަމަވެސް، މިރޭ ކުއްލިއަކަށް ރައީސް މުއިއްޒު ވަނީ އެފްޑީސީގެ ފްލެޓުތަކުގެ އަގަށް ގެނައި ބަދަލު އިއުލާނުކުރައްވާފަ އެވެ.
ބައެއް މީހުން އެޑްވާންސް ފައިސާ ދައްކާފައި ވަނިކޮށް މިރޭ މުއިއްޒު އިއުލާނު ކުރެއްވީ ތިން ކޮޓަރީގެ އެޕާޓްމެންޓެއްގެ އެޑްވާންސް އަށް 8000ރ. އަދި މެއިންޓަނެންސް ފީއާއެކު މަހުކުލި 10500ރ. އިން 10،000ރ އަށް ކަނޑައެޅުމަށެވެ.
ދެ ކޮޓަރީގެ އެޕާޓްމެންޓެއްގެ އެޑްވާންސް 15000އިން 7000ރ އަށް ބަދަލުކޮށް، މެއިންޓެންސް ފީއާއެކު މަހު ކުލި 7000ރ. ކުޑަކޮށްފަ އެވެ.
ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށް ރައްޔިތުން އަމިއްލައަށް ކުރި ހަރަދު އަނބުރާ ދޭނެ ކަމަށް ވެވަޑައިގެންނެވި ވައުދާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އެ މަނިކުފާނު ވިދާޅުވި ގޮތަށް އެ ފައިސާ ދޭނެ ކަމަށެވެ.
އެ ފައިސާ ކުލިން އުނިނުކޮށް ޖެހި މަޅިޔަކީ އެގްރީމެންޓުގެ މުއްދަތު ދިގު ދައްމައިލުމެވެ. ދެ ލައްކަ ރުފިޔާ ވައުދުވި ގޮތަށް ދޭނެ ކަމަށް މުއިއްޒު ވިދާޅުވީ މިރޭގެ ޖަލްސާގައި މީހަކު ވަރަށް ބޮޑަށް އެ މަނިކުފާނަށް ފާޑުވިދާޅުވެފައި ވަނިކޮށެވެ.
"200،000ރ ގެ ޑިސްކައުންޓެއް ދިނުމުގެ ކަންކަން އަޅުގަނޑު ދަންނަވާފައި އޮންނާނެ. އަޅުގަނޑު ދެންނެވި ގޮތަށް އެކަން ކުރުމަށްޓަކައި އަޅުގަނޑު އެޗްޑީސީގައި މިހާރު އޮންނާނީ ދަންނަވާފައި. އެހެންވީމަ ތި ބޭފުޅުންގެ އެގްރީމެންޓު ބަދަލުވެގެން ދާއިރު ތިޔަ ބޭފުޅުން ފާހަގަ ކުރެއްވި ކަންބޮޑުވުންތައް އެއީ އަޅުގަނޑު ބަލާނެ ކަންތައްތައް،" މުއިއްޒު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ